logoEN
cocacola
ޔަހޫދީން ޖަބަލިއާ ރެފިއުޖީ ކޭމްޕަށް ބޮން އަޅައިފި

ޔަހޫދީން ޖަބަލިއާ ރެފިއުޖީ ކޭމްޕަށް ބޮން އަޅައިފި

އަހުމަދު ޝުރާއު

logo

5/14/2024, 10:39:14 AM

# ޔަހޫދީ އިސްރާއީލް

ޔަހޫދީ އިސްރާއީލުން ޣައްޒާގެ ޖަބަލިއާ ރެފިއުޖީ ކޭމްޕަށް ބޮން އަޅައިފި އެވެ.

ގޮސިޔާ

ޣައްޒާގެ އުތުރުގައި އޮންނަ ޖަބާލިއާ ރެފިއުޖީ ކޭމްޕްގެ އަލް-ޓަރނިސް މަގުގައި ހުރި ގެތަކަށް އިޒްރޭލުގެ ޖެޓްތަކުން ބޮން އަޅާފައިވާ ކަމަށް އަލްޖަޒީރާގެ ނޫސްވެރިން ވަނީ ރިޕޯޓްކޮށްފައި އެވެ.

މިއީ މިހާތަނަށް ޔަހޫދީންގެ ޖެޓްތަކުން ޖަބައިލާ ކޭމްޕަށް އަމާޒުކޮށް ދިން އެންމެ ބޮޑު އެއް ހަމަލާކަމަށް ރިޕޯޓްތައް ބުނެއެވެ.

ޔަހޫދީން މިއަދު ވަނީ ޣައްޒާ ސިޓީގެ ދެކުނުގައި އޮންނަ ޒީތޫން އަވަށުގެ މެދުގައި ބަޑީގެ ހަމަލާތަކެއްވެސް ދީފައި އެވެ. މި ހަމަލާތަކުގައި އެކަކު ޝަހީދުވެ އެތައް ބަޔަކު ޒަޚަމްވެފައިވާ ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.

ޔަހޫދީން ވަނީ މިފަހްތާއިން ފެށިގެން ޣައްޒާއަށް ދެމުން އަންނަ ހަމަލާތައް އިތުރަށް ވަރުގަދަ ކޮށްފައި އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ