
ފެންބޮޑުވުމުގެ މައްސަލަ ހައްލުކުރުމަށް މޭޔަރުކަމުގައި ރައީސް މުއިއްޒު މަސައްކަތް ކުރެއްވި, ހުރަސްއެޅީ ކުރީ ސަރުކާރުން - ނަރީޝް
# އަހުމަދު ނަރީޝްނަރީޝް ރައީސް މުއިއްޒުއާއި އެކު
މާލެ ސިޓީގައި ފެންބޮޑުވުމުގެ މައްސަލައަށް ހައްލުކުރުމަށް މޭޔަރުކަމުގައި ހުންނަމައި މިހާރުގެ ރައީސް ޑރ މުހައްމަދު މުއިއްޒު ކުރެއްވި މަސައްކަތްތަކަށް ހުރަސްއެރީ އޭރުގެ ސަރުކާރުން ކަމަށް މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ވިދާޅުވެއްޖެ އެވެ.

ނަރީޝް މިފަދައިން ވިދާޅުވީ މާލޭގައި ފެންބޮޑުވާ މައްސަލަ ހައްލުކުރުމަށް ގިނަ މުވައްސަސާތަކެއް ގުޅިގެން މިއަދު ޚާއްސަ މަޝްރޫއެއް ފެށުމާއި ގުޅިގެން މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެވެ.
އެގޮތުން ނަރީޝް ވިދާޅުވީ މާލޭގެ ފެންބޮޑުވުމުގެ މައްސަލައަށް ހައްލެއް ހޯދުމަށް މާލެސިޓީ ކައުންސިލްގެ މޭޔަރަކަށް އަދުގެ ރައީސް ޑރ މުހައްމަދު މުއިއްޒު ހުންނަވާ ފެށި މަސައްކަތް އޭރުގެ ސަރުކާރުން އެއްވެސް އެއްބާރުލުމެއް ކައުންސިލަށް ނުލިބުމުގެ ސަބަބުން އޭރު އޮތީ ނުފެއްޓި ކަމަށެވެ. ނަމަވެސް މި ސަރުކާރު ވެރިކަމަށް އައިސް އަދުގެ ރައީސް މުއިއްޒު ގެ އިސްނެންގެވުމާއި އިރުޝާދުގެ ދަށުން ސަރުކާރުގެ ކަމާއި ގުޅުންހުރި ހުރިހާ މުއައްސަސާތަކުން ފެންބޮޑުވުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައި ދެއްވުމުގެ އަމަލީ މަސައްކަތް މިއަދު ފެއްޓިގެން ދިޔަކަމީ މާލޭގެ ރައްޔިތުންނަށް ލިބިގެންދިޔަ ހިތްހަމަޖެހުމަކާއި އުފަލެއްކަން ނަރީޝް ފާހަގަކުރެއްވި އެވެ.
އަދި އެކަމަށްޓަކައި ރައީސް އަށް މާލޭގެ ރައްޔިތުންގެ ނަމުގައި އާއި މާލޭސިޓީ ކައުންސިލަރުންގެ ނަމުގައި ވަރަށް އިޙްލާސްތެރި ޝުކުރެއް އަދާކުރައްވާ ކަމަށްވެސް ނަރީޝް ވިދާޅުވިއެވެ.
އަދި މީގެ އިތުރުން ނަަރީޝް ވަނީ މި މަސައްކަތަކީ ސީދާ ރައީސްގެ އިސްނެގުމަށް ސަރުކާރުން ހުރިހާ ހަރަދެއްކުރާގޮތަށް ކުރިޔަށްދާ މަޝްރޫއެއްކަން ފާހަގަކުރައްވާފައި އެވެ.
މިއަދު ސަރުކާރުން ފެށި މާލެ މަގުތަކުގައި ފެން ބޮޑުވުން ހައްލުކުރުމުގެ މަޝްރޫޢަކީ ދިފާޢީ ވުޒާރާއިން އާރުޑީސީއާ ޙަވާލުކޮށްގެން އަދި އިމާރާތްކުރުމާއި ބިނާރާބެހޭ ވުޒާރާގެ އެއްބާރުލުމާއެކު ކުރިއަށް ގެންދާ މަޝްރޫއެކެވެ. މި މަޝްރޫޢުގެ ދަށުން ވެސްޓްޕާކް ސަރަޙައްދުގައި އުފެދޭ ފެން ބޭރުކުރުމަށް ހަރުކުރަންޖެހޭ ވަޞީލަތްތައް ހަރުކުރާނެކަމަށް އާރްޑީސީއިން ބުނެއެވެ. އަދި އެނޫންވެސް ސަރަހައްދުތަކުގައި އެ މަސައްކަތްތައް ކުރެވިގެންދާނެއެވެ.
ގުޅުންހުރި

ނަރީޝްގެ ޒާޔާއަށް: ރައީސް މުއިއްޒުގެ މޭޔަރުކަމުގައި ގޯސްހެއްދެވިނަމަ، 2 އަހަރުވީއިރު އެވާހަކަ ނުދެއްކީ ކީއްވެގެންތޯ؟

މިދައުރުގެ ތެރޭގައި ރަސްމާލޭގައި ގެދޮރުވެރިކަމުގެ މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ފެށޭނެ، ރައީސް ވައުދު ފުއްދަވާނެ - ނަރީޝް

ކަންބޮޑުވުންތައް ވަރަށް ގާތުން ރައީސް އެބަބައްލަވާ، ޒުވާނުންނާއި މެދު ރައީސް ދެރަގޮތެއް ނަހަދާނެ - ނަރީޝް




