
ގިނަ ހަރަކާތްތަކާއި އެކު މާލެ ސިޓީ ކައުންސިލްގެ އާއިލީ ހަވީރު މާދަމާ އާޓިފިޝަލް ބީޗުގައި!
# ކުޑަކުދިންގެ ދުވަސްމީގެ ކުރިން މާލޭގައި ބޭއްވި ކުޑަކުދިންގެ ހަވީރެއް
ކުޑަކުދިންގެ ދުވަސް ފާހަގަކުރުމަށް މާލެ ސިޓީ ކައުންސިލުން އާއިލީ ހަވީރެއް ބާއްވަން ތައްޔާރުވެއްޖެ އެވެ.

މާލެ ސިޓީ ކައުންސިލުން ބުނީ ކުޑަކުދިންގެ ދުވަސް ފާހަގަކުރުމަށް މާލޭގެ އަންހެނުން ތަރައްޤީ މަސައްކަތްކުރާ ކޮމެޓީއިން އިސްނަގައިގެން މާދަމާ މާލޭގައި އާއިލީ ހަވީރެއް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން މި ހަވީރު ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ މާލޭގެ އާޓިފިޝަލް ބީޗު ސަރަހައްދުގައި އެވެ.
އެގޮތުން މި އާއިލީ ހަވީރު މާދަމާ ހަވީރު 16:00 އިން 18:00 އަށް އަދި ރޭގަނޑު 20:00 އިން ފެށިގެން 22:00 އަށް ކުރިޔަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައި އެވެ.
އާއިލީ ހަވީރުގައި ހިމެނޭ ބައެއް ހަރަކާތްތައް:
- ބުލް ބޭޝް
- ގްލޭޑިއޭޓަރ ޑުއެލް
- ޝޫޓް ޔޯ ޝޮޓް
- ވީޑިއޯ ބޫތު
- ފޮޓޯ ބޫތު
- ފޭސް ޕެއިންޓިންގ
- މިނީ ގޭމްސް
- ލައިވް ޕާފޯމެންސް
- ސްޓެލަރ ވީއާރް
- ބަަބަލް ފަން
- އޮބްސްޓެކަލް ކޯސް
މި ހަރަކާތުގައި ހުރިހާ އުމުރުފުރާއެއްގެ ކުޑަކުދިން ބައިވެރިވުމަށް މާލެ ސިޓީ ކައުންސިލުން ވަނީ ދައުވަތު ދީފައި އެވެ.
ކުޑަކުދިންގެ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމަށް މާދަމާ ހުޅުމާލޭގައި ވެސް ޚާއްސަ ހަރަކާތްތަކެއް ކުރިޔަށް ގެންދިޔުމަށް ވަނީ ތައްޔާރުވެފައި އެވެ.
ގުޅުންހުރި

ކުޑަކުދިންގެ ދުވަހުގެ ޚިތާބުގައި ރައީސް ފާޅުކުރެއްވީ ފަލަސްތީނުގެ ކުޑަކުދިން، ޙައްޤުތަކުން މަޙްރޫމުވެފައިވުމުގެ ކަންބޮޑުވުމާއި ހިތާމަ!

ގިނަ ހަރަކާތްތަކާއި އެކު މާލެ ސިޓީ ކައުންސިލްގެ އާއިލީ ހަވީރު މާދަމާ އާޓިފިޝަލް ބީޗުގައި!

ކުޑަކުދިންގެ ދުވަސް ފާހަގަކުރުމަށް ހުޅުމާލޭގައި ޚާއްސަަ ފެސްޓިވަލެއް!
