
5_99b049c428
މި އަހަރުގެ ކުޑަކުދިންގެ ދުވަސް ފާހަގަކުރުމުގެ ހަރަކާތްތައް ގއ. އަތޮޅުގައި ފަށައިފިއެވެ.

ކުޑަކުދިންގެ ދުވަސް ފާހަގަކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތާއި ޔުނިސެފް މޯލްޑިވްސް ގުޅިގެން މި މަހު 7 އިން 13 އަށް ގއ. އަތޮޅުގެ ރަށްރަށުގައި ތަފާތު އެކި ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އެ ހަރަކާތްތަކުގެ ތެރެއިން މިހާރު ކުރިއަށް ގެންދަނީ ގއ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ ސްކޫލު ދަރިވަރުންނާއި ބެލެނިވެރިން ހޭލުންތެރިކުރުމަށް މައުލޫމާތު ދިނުމުގެ ސެޝަންތައް ކަމަށް ފުލުހުންވަނީ ބުނެފައެވެ.
އޭގެ އިތުރުން، ގެމަނަފުށީގައި ކުޑަކުދިންގެ އާޓް އެގްޒިބިޝަނަކާއި ކަލަރ ރަން އެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެއެވެ. އަދި ކުޑަކުދިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުން މުހިންމުކަން އަންގައިދޭ މެސެޖުތަކާއެކު ބިލްބޯޑު އިފްތިތާހު ކުރުމުގެ އިތުރުން ކުޑަކުދިންގެ ހަވީރެއްވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެއެވެ.
ކުޑަކުދިންގެ ދުވަހުގެ ހަރަކާތްތައް ކުރިއަށް ގެންދަނީ މިނިސްޓްރީ އޮފް އެޑިއުކޭޝަން، ޓައިނީ ހާޓްސް އޮފް މޯލްޑިވްސް، ސޮސައިޓީ ފޮރ ހެލްތު އެޑިއުކޭޝަން، ރަށްރަށުގެ ކައުންސިލް އިދާރާ ތަކާއި ރަށުގައިހުރި ސަރުކާރުގެ އެހެނިހެން އިދާރާތަކުގެ އިތުރުން ކުލަބް ޖަމުއިއްޔާތަކާއި ޒުވާނުންގެ އެހީތެރިކަމާއެކުގައެވެ.
ގުޅުންހުރި

ކުޑަކުދިންގެ ދުވަހުގެ ޚިތާބުގައި ރައީސް ފާޅުކުރެއްވީ ފަލަސްތީނުގެ ކުޑަކުދިން، ޙައްޤުތަކުން މަޙްރޫމުވެފައިވުމުގެ ކަންބޮޑުވުމާއި ހިތާމަ!

ގިނަ ހަރަކާތްތަކާއި އެކު މާލެ ސިޓީ ކައުންސިލްގެ އާއިލީ ހަވީރު މާދަމާ އާޓިފިޝަލް ބީޗުގައި!

ކުޑަކުދިންގެ ދުވަސް ފާހަގަކުރުމަށް ހުޅުމާލޭގައި ޚާއްސަަ ފެސްޓިވަލެއް!
