
ކުޑަކުދިންގެ ދުވަސް ފާހަގަކުރުމަށް ހުޅުމާލޭގައި ޚާއްސަަ ފެސްޓިވަލެއް!
# ކުޑަކުދިންގެ ދުވަސް# އެޗްޑީސީހުޅުމާލެ ސެންޓްރަލް ޕާކު
ބައިނަލަގްވާމީ ކުޑަކުދިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ހުޅުމާލޭގައި ޚާއްސަ ކުޑަކުދިންގެ ފެސްޓިވަލެއް ބޭއްވުމަށް ނިންމައިފި އެވެ.

މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވޮލޮޕްމެންޓުން އިސްނަގައިގެން ބާއްވާ މި ފެސްޓިވަލަކީ ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަނާއި ގުޅިގެން ބާއްވާ ފެސްޓިވަލްއެކެވެ.
މި ފެސްޓިވަލް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ މޭ 10 ވަނަ ދުވަހުން ފެށިގެން މޭ 11 ވަނަ ދުވަހުގެ ނިޔަލަށެވެ. އެގޮތުން އެދެދުވަހުގެ ވެސް ހަވީރު 16:00 އިން އިރުއޮއްސި 18:00 އަށް އަދި ރޭގަނޑު 20:00 އިން ފެށިގެން 22:00 އަށް މި ފެސްޓިވަލް ކުރިޔަށް ގެންދިޔުމަށް ވަނީ ނިންމާފައި އެވެ.
މިނިސްޓްރީއިން ވަނީ ޤައުމީ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި އެމިނިސްޓްރީއިން ސެންޓްރަލް ޕާކުގައި ބާއްވާ މި އުފާ ފެސްޓިވަލަށް ޢާއިލާއާއި ރައްޓެހިންނާއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލެއްވުމަށް ޒިޔާރަތްކޮށްލެެއްވުމަށް އެދިފައި އެވެ.
ކުޑަކުދިންގެ ދުވަސް ފާހަގަކުރުމަށް ރާއްޖޭގެ އެކި މުވައްސަސާތަކާއި ކުންފުނިތަކުން ވެސް އަންނަނީ ގިނަ ހަރަކާތްތަކެއް ކުރިޔަށް ގެންދިޔުމަށް ތައްޔާރުވަމުންނެވެ.
ގުޅުންހުރި

އެޗްޑީސީގެ ބޯޑަށް އިތުރު ބޭފުޅަކު އައްޔަނުކޮށްފި

އެޗްޑީސީގެ 2025 ވަނަ އަހަރުގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމް އިއުލާނުކޮށްފި

ހިޔާގައި އަލަށް ހަރުކުރާ ލިފްޓުތަކުގެ މަސައްކަތް ނޮވެމްބަރަށް ނިމި ބޭނުންކުރަން ފެށޭނެ - އެޗްޑީސީ
