logoEN
cocacola
މިސްކިތްތަކާ ބެހޭ ޤައުމީ މަޖްލިސް އުފައްދައި ފުރަތަމަ ބައްދަލުވުން ބާއްވައިފި

މިސްކިތްތަކާ ބެހޭ ޤައުމީ މަޖްލިސް އުފައްދައި ފުރަތަމަ ބައްދަލުވުން ބާއްވައިފި

އަހުމަދު ޝުރާއު

logo

5/8/2024, 5:09:12 PM

# އިސްލާމިކް މިނިސްޓްރީ

މިސްކިތްތަކާ ބެހޭ ޤައުމީ މަޖްލިސް އުފައްދައި ފުރަތަމަ ބައްދަލުވުން ބޭއްވުން

ރާއްޖޭގެ މިސްކިތްތަކާ ބެހޭ ޤައުމީ މަޖްލިސް އުފައްދައި ފުރަތަމަ ބައްދަލުވުން ބާއްވައިފި އެވެ.

ގޮސިޔާ

މިކަން ހާމަކުރެއްވީ އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް އަލީ ސައީދު އެވެ. އެގޮތުން ވަޒީރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިސްކިތްތަކާ ބެހޭ ޤައުމީ މަޖްލިސް އުފައްދައި ފުރަތަމަ ބައްދަލުވުން މިއަދު ބޭވިގެން ދިޔަކަމީ އުފާވެރިކަމެއް ކަމަށާއި އެ މަޖިލީހުގެ ދަށުން މިސްކިތްތަކާ ގުޅޭކަންކަމަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވިގެންދާނެ ކަމަށެވެ.

މިސްކިތްތަކާ ބެހޭ ޤައުމީ މަޖްލިސް އަކީ އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާގެ ދަށުން އެކުލަވާލި މަޖިލީހެކެވެ. މި މަޖިލިސް ޗެއާކުރައްވަނީ ވަޒީރު ޑރ ޝަހީމް އެވެ.

View post on Twitter

މި މަޖިލީސް އެކުލަވާލެވިގެން ދިޔައިރު ރާއްޖޭގައި މިވަގުތު 1،000 ހާ މިސްކިތް ހުރިއިރު ސަރުކާރުގެ ފުރަތަމަ 100 ދުވަސްތެރޭގައި ކުރުމަށް ރާވާފައިވާ ކަންކަމުގެ ތެރޭގައި މެދުނުކެނޑި މިސްކިތްތަކުގެ ހާލަތު ދެނެގަނެވޭނެ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

މީގެ އިތުރުން މިސްކިތްތަކުގެ އާބާތުރަ ފިލުވާ، ރީތިކޮށް ބެލެހެއްޓުމަށްޓަކައި ކޮންމެ އަހަރަކު ދައުލަތުގެ ބަޖެޓުން އެކަމަށް ކުރެވޭ ހަރަދު މިހާރަށް ވުރެ ތިންގުނަ އަށް އިތުރުކުރަން ވެސް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ވަނީ ނިންމާފައި އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ