logoEN
cocacola
ފަސް މަސްދުވަހުން 100އެއްހާ ޒުވާން ހަތީބުން ތަމްރީންކޮށްފި

ފަސް މަސްދުވަހުން 100އެއްހާ ޒުވާން ހަތީބުން ތަމްރީންކޮށްފި

އަލްފާ އަލީ

logo

5/4/2024, 1:36:38 PM

# އިސްލާމިކް މިނިސްޓްރީ

ފޮޓޯ: ތިނަދޫ ސިޓީ ކައުންސިލް --

ފަސްމަސްދުވަހުން 100 އެއްހާ ޒުވާން ހަތީބުން ތަމްރީންކޮށް ނެރެފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

ގޮސިޔާ

އިސްލާމިކް މިނިސްޓްރީން އާއްމުކޮށްފައިވާ މައުލުމާތަށް ބަލާއިރު 2024 ވަނަ އަހަރު ޖެނުއަރީ މަހުން ފެށިގެން މިހާތަނަށް 100އެއްހާ ޒުވާން ހަތީބުން ވަނީ ތަމްރީންކޮށް ނެރެފައެވެ.

މި މުއްދަތުގައި 40 އިމާމުން ތަމްރީންކުރުމަށް ރާއްޖެއިން ބޭރަށް ފޮނުވާފައިވާ ކަމަށް އެ މިނިސްޓްރީން ބުނެއެވެ. އަދި 100 އިމާމުންނަށް އައު މަންހަޖުގެ ތެރެއިން ރާއްޖޭގައި ތަމްރީން ކުރެވުނު ކަމަށްވެސް އިސްލާމިކް މިިނިސްޓްރީން ވަނީ ބުނެފައެވެ.

ޒުވާން ހަތީބުން ތަމްރީން ކޮށް އިމާމުންނަށް ރާއްޖެއިން ބޭރުން ތަމްރީން ދިނުމަށް އިސްލާމިކް މިނިސްޓްރީން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން ޢިލްމުވެރިންނާއި އިމާމުން އަދި ޚަޠީބުން ރާއްޖެއިން ބޭރުން އިތުރު ތަމްރީނު ދިނުމުގެ ފުރުޞަތުގެ ދަށުން ފުރި ދެވަނަ ބުރު ގައި ބައިވެރިވާ 18 އިމާމުން ތިއްބެވީ މިހާރު މައްކާގައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ