logoEN
cocacola
އިސްލާމީ ކަންތައްތަކާއިބެހޭ ވަޒީރު ސަޢުދީގެ ޚާރިޖީ ވަޒީރާއި ބައްދަލުކުރައްވައިފި

އިސްލާމީ ކަންތައްތަކާއިބެހޭ ވަޒީރު ސަޢުދީގެ ޚާރިޖީ ވަޒީރާއި ބައްދަލުކުރައްވައިފި

އަލްފާ އަލީ

logo

5/4/2024, 1:56:38 PM

# އިސްލާމިކް މިނިސްޓްރީ

--

އިސްލާމީ ކަންތައްތަކާއިބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު، ސަޢުދީ ޢަރަބިއްޔާގެ ޙާރިޖީ ވަޒީރު ފައިސަލް ބިން ފަރްހާންއާއި ބައްދަލުކުރައްވައިފިއެވެ.

ގޮސިޔާ

ވަޒީރު ޝަހީމް ސަޢުދީ ޚާރިޖީ ވަޒީރާއި ބައްދަލު ކުރައްވާފައިވަނީ މިހާރު ގެމްބިއާގެ ބަންޖުލްގައި ކުރިއަށްދާ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން، އޯ.އައި.ސީގެ އެންމެ އިސްވެރިންގެ 15 ވަނަ ސަމިޓުގެ ޙަވާސާގެ ތެރެއިންނެވެ.

އޯ.އައި.ސީގެ މި ބައްދަލުވުން ގެމްބިއާގައި ކުރިއަށްދާނީ މިމަހުގެ 4 އިން 5 އަށެވެ. މި ސަމިޓްގައި ޝަހީމް ބައިވެރިވެވަޑައިގެންނެވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މަންދޫބެއްގެ ގޮތުގައެވެ.

މި ބައްދަލުކުރެއްވުމުގައި ވަޒީރު ޝަހީމް ތަގުރީރުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ