logoEN
cocacola
"އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސް" އަށް އައު މެމްބަރުން ޢައްޔަންކުރައްވައިފި

"އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސް" އަށް އައު މެމްބަރުން ޢައްޔަންކުރައްވައިފި

އަހުމަދު ޝުރާއު

logo

4/17/2024, 8:47:55 AM

# އިސްލާމިކް މިނިސްޓްރީ

އިސްލާމީ ފަތުވާ ދޭ މަޖިލީހަށް އައްުޔަނުކުރި ދެ ބޭފުޅުން

ދިވެހި ރާއްޖޭގެ "އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސް" އަށް އައު މެމްބަރުން ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ޢައްޔަންކުރައްވައިފި އެވެ.

ގޮސިޔާ

އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސްގެ އާ މެމްބަރުންގެ ގޮތުގައި އައްޔަނުކުރައްވާފައިވަނީ ޑރ. މޫސާ އަންވަރު ޙަސަން އާއި ޑރ. ޢަލީ ޒާހިރު އެވެ. މި މެމްބަރުންނަކީ ޤާނޫނުގެ 9 ވަނަ މާއްދާގެ (ށ)ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ދިވެހިރާއްޖެގެ ޤައުމީ ޔުނިވަރސީޓީ ނުވަތަ އިސްލާމިކް ޔުނިވަރސިޓީގެ އެކަޑަމިކް މުވައްޒަފުންގެ ތެރެއިން، ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރާ މެމްބަރުކަމަށާއި މިޤާނޫގެ 9 ވަނަ މާއްދާގެ (ހ)ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ޢައްޔަންކުރައްވާ މެމްބަރުކަމަށް އައްޔަނުކުރެވުނު ދެބޭފުޅުންނެވެ.

މިއާއި އެކު އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސްގައި ހިމެނޭ މެމްބަރުންނަކީ:

  1. ފަޟީލަތުލްއުސްތާޛުއްޝައިޚު ޑޮކްޓަރު މުޙައްމަދު ރަޝީދު އިބްރާހީމް، (ގ. ގަސްކަރަ) - ރައީސް ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރާ މެމްބަރެއްގެ ގޮތުގައި
  2. ޑޮކްޓަރ ޢަބްދުއްސައްތާރު ޢަބްދުއްރަޙްމާން، (ދަފްތަރު. ރސ ނަންބަރު 8104) - ރައީސް ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރާ މެމްބަރެއްގެ ގޮތުގައި
  3. ޑޮކްޓަރ މޫސާ އަންވަރު ޙަސަން، (ދަނޑިމަގު، ރިހިވިލާގެ، ޏ. ފުވައްމުލައް) – މިނިސްޓަރުގެ ލަފާގެ މަތިން ޢައްޔަން ކުރައްވާ މެމްބަރު
  4. ޑޮކްޓަރ ޢަލީ ޒާހިރު، (މ. ހިތިމާގެ) - ދިވެހިރާއްޖޭހެ ޤައުމީ ޔުނިވަރސީޓީ ނުވަތަ އިސްލާމިކް ޔުނިވަރސިޓީގެ އެކަޑަމިކް މުވައްޒަފުންގެ ތެރެއިން، ރައީސް ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރާ މެމްބަރު
  5. އައްޝައިޚް އިލްޔާސް ޙުސައިން، (ސިޕާރ، ސ. ހިތަދޫ)، – މިނިސްޓަރުގެ ލަފާގެ މަތިން ޢައްޔަން ކުރައްވާ މެމްބަރު

ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނަށް ދެވަނަ އިސްލާހު ގެނައުމުގެ ގާނޫނުން، ކުރިން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ދަށުން ހިންގަމުންއައި ފިގްހު އެކަޑަމީގެ ބަދަލުގައި އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖްލިސްގެ ނަމުގައި އޮފީހެއް އުފެއްދީ 2016 ވަނަ އަހަރުގައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ