logoEN
cocacola
ރަސްމީ ދަތުރުފުޅެއްގައި ވަޒީރު އާދަމް ޝަރީފް މާލެ އަތޮޅުގެ ބައެއް ރަށްތަކަށް!

ރަސްމީ ދަތުރުފުޅެއްގައި ވަޒީރު އާދަމް ޝަރީފް މާލެ އަތޮޅުގެ ބައެއް ރަށްތަކަށް!

އަހުމަދު ޝުރާއު

logo

5/8/2024, 2:10:57 PM

# މިނިސްޓްރީ އޮފް ސިޓީސް, ލޯކަލް ގަވަރމަންޓް އަދި ޕަބްލިކް ވޯކްސް

ވަޒީރު އާދަމް ޝަރީފް މާލެ އަތޮޅުގެ ބައެއް ރަށްތަކަށް

ވަޒީރު އާދަމް ޝަރީފް ޢުމަރު މާލެ އަތޮޅުގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅުގައި ދިއްފުށި، ތުލުސްދޫ، ހުރާ އަދި ހިންމަފުއްޓަށް ވަޑައިގެންފިއެވެ.

ގޮސިޔާ

ވަޒީރު އާދަމް ޝަރީފް ޢުމަރު، މި 4 ރަށަށް ވަޑައިގެންނެވީ 2024 މެއި 7 ވީ އަންގާރަދުވަހެވެ.

މި ރަށްރަށުގެ ކައުންސިލުތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ގާތުން ބައްލަވައި، އަޑުއައްސަވައި، އެޅުއްވިދާނެ ފިޔަވަޅުތަކާ މެދު މަޝްވަރާކުރުމުގެ މަޤުޞަދުގައި ކުރެއްވެވި މި ދަތުރުފުޅުގައި ދިއްފުށި، ތުލުސްދޫ، ހުރާ އަދި ހިންމަފުށި ކައުންސިލާ، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާ ބައްދަލުކުރައްވާ ވަނީ މަޝްވަރާކުރައްވާފައެވެ.

މީގެ އިތުރުން ތުލުސްދޫއަށް ވަޑައިގަންނަވައި، މާލެ އަތޮޅު ކައުންސިލުގެ މެމްބަރުންނާ ބައްދަލުކުރައްވާ އެ ބޭފުޅުންގެ ހުރި ކަންބޮޑުވުންތަކުގެ އަޑު ވެސް އެއްސެވިއެވެ.

މި ދަތުރުފުޅުގައި ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެމްބަރ އިބްރާހީމް ނަސީމާއި، މި ވުޒާރާގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ