
ލޯކަލް ގަވަމަންޓް މިނިސްޓްރީގެ ޕީއެސް އަކަށް ޑރ. މުނާ
# މިނިސްޓްރީ އޮފް ސިޓީސް, ލޯކަލް ގަވަރމަންޓް އަދި ޕަބްލިކް ވޯކްސް-
ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ މިނިސްޓްރީގެ އާ ޕާމަނަންޓް ސެކްރެޓަރީގެ މަގާމަށް ޑރ. ފާޠިމަތު މުނާ އައްޔަން ކުރައްވައިފިއެވެ.

މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު ޑރ. މުނާ ވިދާޅުވީ, ތަޖުރިބާ ލިބިލައްވައިފައިވާ ބޭފުޅުންގެ ތަޖުރިބާގެ އަލީގައި ސަރުކާރުން ވުޒާރާއާ މަތިކޮށްފައިވާ ޒިންމާތައް ވަޒީރު ބޭނުންފުޅުވެ ލައްވާ ގޮތަށް ޙާޞިލްކޮށްދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.
އެ ކަމަނާއަށް ލިބިލައްވައިފައިވާ ތަޖުރިބާގެ އަލީގައި ޤާނޫނުން މަތިކޮށްފައިވާ ޒިންމާއާއި، މަސްއޫލިއްޔަތުތައް އެންމެ ފުރިހަމަ ގޮތުގައި އަދާކުރެއްވުމުގައި ސާބިތުވެ ހުންނަވާނެ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.
ޑރ. މުނާ ވަނީ މޯލްޑިވްސް މީޑިއާ ކައުންސިލްގެ ޑިރެކްޓަރ ޖެނެރަލްގެ މަގާމު ފުރުއްވާފައެވެ. އެގޮތުން މީޑިއާ ކައުންސިލްގައި 7 އަހަރު މަސައްކަތް ކުރެއްވި އެވެ.