logoEN
cocacola
 މޯލްޑިވިއަންގެ ހަތަރުވަނަ އޭޓީއާރު މަތިންދާބޯޓު ރާއްޖެ ގެނެސްފި

މޯލްޑިވިއަންގެ ހަތަރުވަނަ އޭޓީއާރު މަތިންދާބޯޓު ރާއްޖެ ގެނެސްފި

އަލްފާ އަލީ

logo

5/8/2024, 1:12:31 PM

# މޯލްޑިވިއަން

ދިވެހިރާއްޖޭގެ ޤައުމީ އެއާލައިން މޯލްޑިވިއަން ގެ ފްލީޓް ބަދަލުކޮށް ޒަމާނީކުރުމަށް ކުރިއަށްގެންދާ މަޝްރޫގެ ދަށުން މުޅިން އާ އޭޓީއާރު 600-42 މަރުކާގެ މަތިންދާބޯޓެއް މިއަދު ރާއްޖެ ގެނެސްފިއެވެ.

ގޮސިޔާ

މިމަޝްރޫއުގެ ދަށުން މިއަދު ގެނެވުނީ ހަތަރުވަނަ އޭޓީއާރު މަތިންދާބޯޓެވެ. މޯލްޑިވިއަން އިން ވަނީ މީގެ ކުރިން އޭޓީއާރު 3 މަތިންދާބޯޓެއް ގެނެސްފައެވެ.

މިއަދު ފްލީޓަށް އިތުރުކުރެވުނު ބޯޓު އައުން ފާހަގަކުރުމަށް ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގައި ހާއްސަ ރަސްމިއްޔާތެއް ވަނީ ބާއްވާފައެވެ. މި ރަސްމިއްޔާތުގައި ދަޢުވަތު އެރުވުނު މެހެމާނުންނާއި ކުންފުނީގެ މުވައްޒަފުންނާއި ދާއިރާގެ މުހިންމު ބައިވެރީން ވަނީ ބައިވެރިވެފައެވެ.

ފްލީޓަށް މިއަދު އަލަށް ގުޅިފައިވާ މަތިންދާބޯޓުގެ ސަބަބުން މޯލްޑިވިއަންގެ ކެޕޭސިޓީ އިތުރު ކުރެވި އަދި ރޫޓުތަކަށް ދެމުންގެންދާ ހިދުމަތްތައް އިތުރަށް ރަނގަޅު ކުރެވި ދިވެހިން ނަށާއި ފަތުރުވެރިންނަށް ކަނެކްޓިވިޓީ އިތުރުކުރެވި، ފަސޭހަކަމާއެކު ދަތުރުތައް ހަމަޖެއްސޭނެ ކަމަށް މޯލްޑިވިއަން އިން ބުނެއެވެ.

މީގެ އިތުރުން މި މަތިންދާބޯޓަކީ ޒަމާނީ ޓެކްނޮލޮޖީ ހިމެނޭ ވަސީލަތްތަކާ އެކު އެންމެ މަތީ ފެންވަރުގެ ހިދުމަތް ފޯރުކޮށްދެވޭނެ ގޮތަށް ފަރުމާކުރެވިފައިވާ އުޅަދެކެވެ.

މިރަސްމިއްޔާތުގައި ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު، އިބްރާހިމް އިޔާސް ވަނީ ކުންފުނީގެ އިސްތިރާޖީ ރޭވުންތައް ތަރައްޤީކުރުމަށްޓަކައި އައު މަތިންދާބޯޓުފަހަރުގެ މުހިންމުކަމަށް އަލިއަޅުވާލައްވާފައެވެ.

" އަޅުގަނޑުމެންގެ ފްލީޓަށް މި އިތުރުވާ އައު މަތިންދާބޯޓާއެކު ފަސިންޖަރުންނަށް ކުރެވޭ ތަޖުރިބާ އަދި އޮޕަރޭޝަން ހަރުދަނާކުރުމަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެން ދާނެ. މި ބޯޓުން ތަފާތު ހިތްހަމަޖެހުމެއް ދަތުރުވެރިންނަށް ލިބިގެންދާނެކަމަށާ އެގޮތުންމި މަތިންދާބޯޓު ގެ އެތެރޭގެ ފިނި ހޫނުމިން ކޮންޓްރޯލް ކުރެވިފައިވާ ރަނގަޅު ނިޒާމަކާއި އަޑުތައް އިވޭ މިންވަރު ދަށްކުރެވުން ހިމެނޭ. މީގެ އިތުރުން ޒަމާނީ އެވިއޮނިކްސް އާއި ޚާއްސަ ފިއުލް އިކޮނޮމީއަކީ އަޅުގަނޑުމެންގެ ފުޅާވަމުން އަންނަ ނެޓްވޯކްގެ ޕާފޯމަންސް އިތުރަށް ރަނގަޅުކުރެވި ދެމެހެއްޓުމަށް ކުރާ މަސައްކަތަށް ލިބޭ އެންމެ ހޮޑު ހިތްހަމަޖެހުން. އައު މި ޒަމާނީ މަތިންދާބޯޓަށް މަރުހަބާ ކިޔުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލަކަށްވާޙާލު ދިވެހިރާއްޖޭގެ އެތެރޭގެ އުދުހުންތަކުގައި އަޅުގަނޑުމެންދޭ ޚިދުމަތް ރަނގަޅުކުރެވި ކުރާއިތުބާރު އިތުރުވާނެކަމުގެ އުއްމީދުކުރެވޭ “ - އިޔާސް

މި ރަސްމިއްޔާތުގެ ހާއްސަ މެހުމާނުންނަށް މޖ މަތިންދާބޯޓު އެތެރޭގައިވާ ތަނަވަސް ކެބިން އާއި ޒަމާނީ ނެވިގޭޝަން ސިސްޓަމްތަކާއި ތިމާވެއްޓާ ރައްޓެހި އައު ޑިޒައިން ވަނީ ދައްކާލާފައެވެ.

މި މަތިންދާބޯޓަކީ އެތެރޭގެ އުދުހުންތަކުގައި ކުރު ދަތުރުތައް ކުރުމަށް ފަރުމާކުރެވިފައިވާ ބޯޓަކަށްވެފައި އައު ބޯޓުގެ ސަބަބުން އިތުރުވަމުން އަންނަ ޑިމާންޑަށް ކޭޓަރކުރުމަކީ މޯލްޑިވިއަންގެ އުއްމީދެވެ.

މިއީ އޭވިއޭޝަން އިންފްރާސްޓްރަކްޗަރ އިތުރަށް ކުރިއެރުވުމަށް މޯލްޑިވިއަނުން އިސް ނަގައިގެންކުރެވެމުންދާ މަސައްކަތުގެ ބައެއް ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.

ހަތަރުވަނަ އޭޓީއާރު 600-42 މަރުކާގެ މަތިންދާބޯޓު އިތުރުވުމަކީ ދިވެހިރާއްޖޭގައި ވައިގެ ދަތުރުފަތުރުގެ ޚިދުމަތްތައް ފުޅާކުރުމަށާއި ހުރި ފުރުޞަތުތައް އިތުރުކުރުމަށް ދިވެހި ސަރުކާރުން ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލްކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް މޯލްޑިވިއަން އިން ބުނެއެވެ.

މޯލްޑިވިއަންގެ ފްލީޓުގައި މިވަގުތު 25 މަތިންދާބޯޓު އޮޕަރޭޓުކުރެވެމުންދެއެވެ.

މީގެ ތެރޭގައި އެއާބަސް A320 މަރުކާގެ މަތިންދާބޯޓަކާއި އޭޓީއާރު މަރުކާގެ ހަތަރު

މަތިންދާބޯޓާއި ޑޭޝް 8 މަރުކާގެ 9 މަތިންދާބޯޓާއި އަދި ޑޭޝް 6 މަރުކާގެ ޓްވިންއޮޓާރ 11 މަތިންދާބޯޓު ހިމެނެއެވެ.

އަލަށް ގެނެވެމުންދާ އޭޓީއާރު މަރުކާގެ މަތިންދާބޯޓުތަކަކީ ޑޭޝް 8 މަރުކާގެ މަތިންދާބޯޓުތައް އެކި މަރުހަލާތަކަކަށް ބަހާލައިގެން ބަދަލުކުރުމަށް ކުރެވޭ މަސައްކަތެއް ކަމަށް މޯލްޑިވިއަން އިން ބުނެއެވެ. މިއީ މޯލްޑިވިއަންގެ ފްލީޓް ޒަމާނީކުރުމަށްޓަކައި އެޅޭ އިތުރު ފިޔަވަޅެއް ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ