logoEN
cocacola
މޯލްޑިވިއަންގެ ފްލީޓާއި އަލަށްގުޅޭ އޭޓީއާރް ދިވެހި ކެޕްޓަނުންގެ މާލިމީކަމުގައި ރާއްޖެއަށް ދަތުރުފަށައިފި

މޯލްޑިވިއަންގެ ފްލީޓާއި އަލަށްގުޅޭ އޭޓީއާރް ދިވެހި ކެޕްޓަނުންގެ މާލިމީކަމުގައި ރާއްޖެއަށް ދަތުރުފަށައިފި

އަހުމަދު ޝުރާއު

logo

5/6/2024, 1:59:01 PM

# މޯލްޑިވިއަން

މޯލްޑިވިއަންގެ އައު އޭޓީއާރް

ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަންގެ ފްލީޓާއި އަލަށްގުޅޭ މަތިންދާބޯޓު ރާއްޖެއަށް ދަތުރުފަށައިފި އެވެ.

ގޮސިޔާ

މޯލްޑިވިއަންގެ ފްލީޓާއި އަލަށް ގުޅެނީ އޭޓީއާރް 600-42 މަރުކާގެ ބޯޓެކެވެ. 42 މީހުންގެ ޖާގައިގެ މި ބޯޓަކީ މޯލްޑިވިއަންއިން އޭޓީއާރް ކުންފުނިން ގަތް މުޅިން އާ މަތިންދާބޯޓެކެވެ.

މި ބޯޓު ރާއްޖެއަށް ދަތުރުފަށާފައިވަނީ ފްރާންސްގެ ޓޫލޫޒް އިން ނެވެ. އެގޮތުން ބޯޓު ރާއްޖެ އަންނާނެ ކަމަށް ބެލެވެނީ އަންނަ ބުރާސްފަތި ދުވަހުގެ ވަގުތެއްގައި އެވެ. މި ބޯޓު ރާއްޖެ ގެންނަނީ ދިވެހި ޕައިލެޓުންގެ ޓީމަކުންނެވެ. އެގޮތުން ޓީމުގައި ހިމެނެނީ ކެމްޓަން މުހައްމަދު މުބާހް އާއި ކެޕްޓަން އަލީ ޔާނިޝް އަދި އިންޖިނިއަރު އަހުމަދު އަބްދުލް ހަކީމްއެވެ.

View post on Twitter

މޯލްޑިވިއަން އިން މިހާރު ބޭނުންކުރަމުން އަންނަ ދުވަސްވީ ޑޭޝް-8 މަރުކާގެ އެއާކްރާފްޓްތައް ބޭނުންކުރުން ހުއްޓާލައި އެއާލައިނުން މަސައްކަތް ކުރަމުން އަންނަނީ އޭޓީއާރް އެއާކްރާފްޓްތަކުގެ ފްލީޓެއް ގާއިމްކުރުމަށެވެ. އެގޮތުން ފްރާންސްގެ އޭޓީއާރު ކުންފުނިން މުޅިން އާ ތިން އެއާކްރާފްޓެއް ގަނެގެން މިހާރުވެސް މޯލްޑިވިއަނުން އަންނަނީ ބޭނުން ކުރަމުންނެވެ. އެއީ އޭޓީއާރް 600-72 މަރުކާގެ ދެ އެއާކްރާފްޓާއި އޭޓީއާރް 600-42 މަރުކާގެ ބޯޓެކެވެ.

އޭޓީއާރް އެއާކްރާފްޓް ތަކަަކީ މޯލްޑިވިއަން އިން މިހާރު ބޭނުންކުރަމުން އަންނަ ޑޭޝް މަރުކާގެ އެއާކްރާފްޓް އަޅާބަލާއިރު އެތައް ގުނައެއް ހަރަދު ކުޑަ އެއާކްރާފްޓް ތަކެކެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ