logoEN
cocacola
ޗުއްޓީއާއި ދިމާކޮށް ކޮޗިންއާއި ޓްރެވިންޑްރަމަށް މޯލްޑިވިއަންގެ އިތުރު ދަތުރުތަކެއް!

ޗުއްޓީއާއި ދިމާކޮށް ކޮޗިންއާއި ޓްރެވިންޑްރަމަށް މޯލްޑިވިއަންގެ އިތުރު ދަތުރުތަކެއް!

އަހުމަދު ޝުރާއު

logo

5/4/2024, 6:22:17 PM

# މޯލްޑިވިއަން

މޯލްޑިވިއަން

ސްކޫލު ބަންދާއި ދިމާކޮށް މޯލްޑިވިއަންއިން ދަތުރުތައް މިހާރުވެސް ކުރަމުން އަންނަ އިންޑިއާގެ ދެ މަންޒިލަކަށް އިތުރު ފްލައިޓްތަކެއް ބޭއްވުމަށް އެކުންފުނިން ނިންމައިފި އެވެ.

ގޮސިޔާ

މޯލްޑިވިއަންއިން ބުނީ މި ދަތުރުތައް ކުރުމަށް ހަަމަޖެހިފައިވަނީ 6 މޭ އިން ފެށިގެން ޖޫން މަހުގެ 19 ގެ ނިޔަލަށް ކަމަށެވެ.

ދަތުރުތަކުގެ ތަފްސީލް:

  1. 6 މޭ: މާލެ-ކޮޗިން-މާލެ
  2. 8 މޭ: މާލެ-ޓްރެވިންޑްރަމް-މާލެ
  3. 10 މޭ: މާލެ-ކޮޗިން-މާލެ
  4. 17 މޭ: މާލެ-ޓްރެވިންޑްރަމް-މާލެ
  5. 20 މޭ: މާލެ-ޓްރެވިންޑްރަމް-މާލެ
  6. 21 މޭ: މާލެ-ކޮޗިން-މާލެ
  7. 19 ޖޫން: މާލެ-ޓްރެވިންޑްރަމް-މާލެ

މީގެ އިތުރުންވެސް ރާއްޖޭގެ އިތުރު މަންޒިލްތަކަށްވެސް ބޮޑު ޗުއްޓީއާއި ދިމާކޮށް ދަތުރުތައް ބޭއްވުމަށް އެކުންފުނިން އަންނަނީ މަސައްކަތް ކުރަމުންނެވެ.

View post on Twitter

ދާދި ފަހުން މޯލްޑިވިއަންގެ ޚިދުމަތް ދެމުން އަންނަ ހުރިހާ މަންޒިލަކަށް ކުރާ ދަތުރުތަކުން ވަކި ގަޑިތަކެއްގައި ބާއްވާ ޝެޑިއުލް ދަތުރުތަކުގެ އަގު އެކުންފުނިން ވަނީ ހެޔޮކޮށްފައެވެ. އައިލެންޑް އެވިއޭޝަނުން ބުނީ ފެއަރގެ އަގުތަކަށް މިގެނެވުނު ބަދަލާއެކު ދަތުރުފަތުރުކުރުމުގައި ޢާއްމުންނަށް ބޮޑު ލުއިފަސޭހަކަމެއް ލިބިގެންދާނެކަމަށެވެ. އަދި އެކުންފުނީގެ ވެބްސައިޓް އަދި މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ޓިކެޓު ނެގޭނެކަމަށް އެކުންފުނިން ބުނެއެވެ.

ޓިކެޓު ޔަޤީންކުރުމަށް ދުރާލާ ބުކިންގ ހެއްދުމަށް އެކުންފުނިން ބާރު އަޅައެވެ. އައިލެންޑް އޭވިއޭޝަނުން ބުނީ އަމާޒަކީ ޚިދުމަތް ފޯރުކޮށްދޭ ހުރިހާ މަންޒިލަކަށްވެސް ރައްކާތެރިކަމާއި އިތުބާރާއެކު އޯގާތެރި ޚިދުމަތެއް ފޯރުކޮށްދިނުންކަމަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ