logoEN
WAMCO TOP 1
ކުޅުދުއްފުށި ކަރަންޓު މައްސަލަ ހައްލުކުރުމަށް ސްޓެލްކޯގެ ޓީމެއް އެރަށަށް!

ކުޅުދުއްފުށި ކަރަންޓު މައްސަލަ ހައްލުކުރުމަށް ސްޓެލްކޯގެ ޓީމެއް އެރަށަށް!

އަލްފާ އަލީ

logo

4/15/2024, 1:23:01 PM

# ފެނަކަ ކޯޕަރޭޝަން# ސްޓެލްކޯ

--

ކުޅުދުއްފުށި ސިޓީއަށް ދިމާވެފައިވާ ކަރަންޓް މައްސަލަ ހައްލު ކުރުމަށް ސްޓެލްކޯގެ ތަޖުރިބާކާރުންގެ ޓީމެއް އެ ސިޓީއަށް ދިއުމަށް ފުރައިފިއެވެ.

THE TRAVELLER AD

ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ ވިދާޅުވީ، އެ ސިޓީއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ޙައްލު ކުރުމަށް ފެނަކައިގެ އެދުމުގެ މަތިން އެ ކުންފުނީގެ ގިނަދުވަސްވީ ތަޖުރިބާކާރު އިލެކްޓްރިކަލް އަދި މެކޭނިކަލް އިންޖީނިއަރުން ހިމެނޭ ޓީމެއް ކުޅުދުއްފުށި ސިޓީއަށް ދަތުރު ކުރަމުންދާ ކަމަށެވެ.

"މާތްﷲގެ ވާގިފުޅާއެކު، އަޅުގަނޑުމެންގެ ޓީމާއި ފެނަކައިގެ މުވައްޒަފުން ގުޅިގެން އެ މައްސަލަ ޙައްލުކޮށް ވީއެންމެ އަވަހަކަށް ކުޅުދުއްފުށި ސިޓީގެ ރައްޔިތުންނަށް ކަަރަންޓުގެ ޚިދުމަތް ޔަގީންކޮށްދެވިގެންދާނެ،". - ފަހުމީ ވިދާޅުވި އެވެ.

ކުޅުދުއްފުށި ސިޓީގެ ތިން ޖަނަރޭޓަރަކަށް ދިމާވި މައްސަލައަކާ ގުޅިގެން އެ ސިިޓީން ވަނީ ކަރަންޓު ކެނޑިފައެވެ. ފެނަކަ ކޯޕަރޭޝަނުން ބުނެފައިވާ ގޮތުގައި, އެ ސިޓީގެ ޓްރާންސްފޯމަރަކަށް ދިމާވި މައްސަލައަކާ ގުޅިގެން ތިން ޖަނަރޭޓަރެއްގެ ކޮންޓްރޯލް މޮޑިއުލް ވަނީ އަނދާފައެވެ.

ފެނަކައިން ބުނި ގޮތުގައި، މުޅި ރަށަށް އަލުން ކަރަންޓުގެ ހިދުމަތް ދެވޭނެ ކަމަށް ބެލެވެނީ މިއަދު 18:00 ހާއިރު ކަމަށެވެ.

ކޮމެންޓް
ފަހުގެ
HDC