logoEN
WAMCO TOP 1
ކަރަންޓު ކެނޑުނީ ސޮފްޓްވެއަރ އަޕްޑޭޓަށްފަހު ދިމާވި މައްސަލައަކުން- ސްޓެލްކޯ

ކަރަންޓު ކެނޑުނީ ސޮފްޓްވެއަރ އަޕްޑޭޓަށްފަހު ދިމާވި މައްސަލައަކުން- ސްޓެލްކޯ

އަހުމަދު ޝުރާއު

logo

5/23/2026, 4:00:00 PM

# ސްޓެލްކޯ

-

މިއަދު މެންދުރު މުޅި މާލެއާއި ހުޅުމާލެއިން އެއްކޮށް ކަރަންޓުގެ ޚިދުމަތް މެދުކަނޑައިގެން ދިޔައީ، ރޭ ކުރިއަށްގެންދިޔަ ހުޅުމާލޭ 50 މެގަވޮޓް އިންޖީނުގެ ޕަވަރ ސިސްޓަމް އަޕްގްރޭޑް ކުރުމުގެ މަސައްކަތަށްފަހު ސިސްޓަމަށް ދިމާވި ޓެކްނިކަލް މައްސަލައަކުން ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ވިދާޅުވެއްޖެއެވެ.

THE TRAVELLER AD

މި މައްސަލައާއި ގުޅިގެން ކަރަންޓު ކެނޑުނުތާ ގާތްގަނޑަކަށް 3 ގަޑިއިރު ފަހުން މުޅި މާލެ ސަރަހައްދަށް ވަނީ ކަރަންޓު އަލުން އިއާދަކޮށްދީފައެވެ.

މިކަމާ ގުޅޭގޮތުން ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒުވަރު ވިދާޅުވީ، ރޭ މެންދަމުން އަލިވެ 3:00 އިން ފެށިގެން ކުރިއަށްގެންދިޔަ މަސައްކަތަކީ ނެޓްވޯކްގެ ސިސްޓަމް ފޯލްޓް ލެވެލް ދަށްކުރުމަށާއި ކެޕޭސިޓީ އިތުރުކުރަން ކޮންމެހެން ކުރަންޖެހިގެން އިންޖީނު އެއްކޮށް ނިއްވާލައިގެން ކުރި މަސައްކަތެއް ކަމަށެވެ. ޕްލޭން ކުރި ގޮތަށް ހުރިހާ ކަމެއް ދިޔަ ނަމަވެސް، އިންޖީނުގެއިން ކަރަންޓު ކަނޑާލަން މެދުވެރިވީ ސިސްޓަމްގެ ޕީއެލްސީ (PLC) ސޮފްޓްވެއަރ އަދި ފޯމްވެއަރ އަޕްޑޭޓް ކުރުމަށްފަހު އޭގެއާ ގުޅުންހުރި ބައެއް މައްސަލަތަކެއް ކުރިމަތިވުމުންނެވެ.

ސްޓެލްކޯގެ ޗީފް ޓެކްނިކަލް އޮފިސަރ އަޙްމަދު އިޤްބާލް ފާހަގަކުރެއްވި ގޮތުގައި، މި ސޮފްޓްވެއަރ އަޕްގްރޭޑަކީ ޕީކް ގަޑިތަކުގައި ނެޓްވޯކަށް ގުޅާލަންޖެހޭ ޖެނެރޭޓަރުތައް ފަސޭހައިން ގުޅާލުމުގެ ފްލެކްސިބިލިޓީ އިތުރުކުރުމަށް ޚާއްޞަ އިންޖިނިއަރުންނާއެކު ކުރި މުސްތަޤުބަލަށް ފައިދާހުރި މަސައްކަތެކެވެ. މީގެއިތުރުން، ކުންފުނީގެ ޖެނެރަލް މެނޭޖަރ އިބްރާހިމް ނާޝިދު ވިދާޅުވީ ރޭގެ އޮޕަރޭޝަންގައި ސީވޮޓާ ސިސްޓަމްގެ މައްސަލަޖެހިފައިވާ 4 ވޭލެއް ބަދަލުކުރުމުގެ ބޮޑެތި މެކޭނިކަލް މަސައްކަތްތަކުގެ އިތުރުން، ހުޅުމާލޭ ފޭސް 2 އަދި އެއާޕޯޓުގެ ހައިވޯލްޓޭޖް ސަބްސްޓޭޝަންތަކުގެ ޓްރާންސްފޯމަރުތައް އެނަޖައިޒް ކުރުމުގެ މަސައްކަތްވެސް ކާމިޔާބުކަމާއެކު ނިންމާލާފައިވާ ކަމަށެވެ.

ކަރަންޓު ދިޔަ ވަގުތަކީ މާލެ ސަރަހައްދުގެ ކަރަންޓުގެ ޑިމާންޑް ގާތްގަނޑަކަށް 100 މެގަވޮޓަށް އަރާފައިވާ ވަގުތަކަށްވުމުން، ކުއްލިއަކަށް ލޯޑު ބޮޑުވެ އިތުރު ޖަނަރޭޓަރުތައް ސިންކްރޮނައިޒްކޮށް ކަރަންޓު ދިނުމުގައި ފުރަތަމަކޮޅު ބޮޑެތި ދަތިތަކެއް ކުރިމަތިވިއެވެ. ސްޓެލްކޯއިން ބުނީ މި މަޝްރޫޢުގެ ފުރަތަމަ މަރުހަލާ ނިމިފައިވާއިރު، ބާކީ ހުރި މަސައްކަތްތައް ކުރިއަށް ގެންދާނެ ތާރީޚެއް ކަނޑައެޅުމަށްފަހު، ކުރިއެކޭވެސް އެއްފަދައިން ދުރާލާ ކަސްޓަމަރުންނަށް އަންގާނެ ކަމަށެވެ.

ކޮމެންޓް
ފަހުގެ
HDC