![ޕީއެސްޖީ އަތުން މޮޅުވެ، ޑޯޓްމަންޑް ފައިނަލަށް](/_next/image?url=%2Fsikundi-content%2Fuploads%2F2024%2F5%2F1000005738.jpg&w=3840&q=75)
ޕީއެސްޖީ އަތުން މޮޅުވެ، ޑޯޓްމަންޑް ފައިނަލަށް
# ބޮރޫޝިއާ ޑޯޓްމަންޑް # ޕީއެސްޖީ# ބޭރު ދުނިޔޭގެ ކުޅިވަރު# ޔުއެފާ ޗެމްޕިއަންސްލީގުމެޓް ހަމަލްސް އަދި ސަންޗޯ ޕީއެސްޖީ ކޮޅަށް ލަނޑުޖެހުމަށްފަހު އުފާފާޅުކުރަނީ
ޔުއެފާ ޗެންޕިއަންސް ލީގު ސެމީ ފައިނަލް ދެވަނަ ލެގުގައި އަންގާރަ ދުވަހުގެ ރޭ ރަށުން ބޭރުގައި ފްރާންސްގެ ޗެންޕިއަން ޕީއެސްޖީ 1-0 ގެ ނަތީޖާއަކުން ބަލިކޮށް މުބާރާތުގެ ފައިނަލުން ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑް ޖާގަ ހޯދައިފިއެވެ.
![Wamco](/_next/image?url=%2Fsikundi-content%2Fuploads%2F2024%2F12%2Fcommercial-300%C3%83%C2%97300.gif&w=3840&q=75)
މިދެޓީމުގެ މެދުގައި ކުޅެވުނު ސެމީ ފައިނަލް ފުރަތަމަ ލެގުގައި މިދިޔަ ހަފްތާގެ ބުދަ ދުވަހުގެރޭ ޑޯޓްމަންޑްގެ ދަނޑުގައި ކުޅުނު މެޗު 1-0 ގެ ނަތީޖާއަކުން ޑޯޓްމަންޑް ކާމިޔާބުކޮށްފައިވާއިރު، އެޓީމު ފައިނަލުން ޖާގަ ހޯދީ 2-0 ގެ އެގްރިގޭޓް ނަތީޖާއަކުންނެވެ.
މީގެ އިތުރުން މިއީ 2013 ވަނަ އަހަރުގެ ފަހުން ބޮރޫޝިއާ ޑޯޓްމަންޑް ޔުއެފާ ޗެންޕިއަންސް ލީގުގެ ފައިނަލުން ޖާގަ ހޯދި ފުރަތަމަ ފަހަރެވެ. މީގެއިތުރުން ކަންދިމާކުރި ގޮތުން އެފަހަރުވެސް މުބާރާތުގެ ފައިނަލް މެޗު ކުޅެފައިވަނީ އިގިރޭސިވިލާތުގެ ވެރިރަށް ލަނޑަނުގެ ވެމްބްލީ ސްޓޭޑިއަމްގައެވެ. އަދި މިއަހަރުގެ މުބާރާތުގެ ފައިނަލް ކުޅުމަށް ގަމަޖެހިފައިވަނީ ވެމްބްލީ ސްޓޭޑިއަމުގަ އެވެ.
މީގެ އިތުރުން 2013 ވަނަ އަހަރުގެ މުބާރާތުގެ ފައިނަލުގައި ޑޯޓްމަންޑާއި ދެކޮޅަށް ކުޅުނީ ބަޔާން މިއުނިކެވެ. އަދި މާދަމާ ރޭ ކުޅެވޭ ސެމީ ފައިނަލުގެ ދެވަނަ މެޗުގައި ރެއާލް މެޑްރިޑްގެ ދަނޑުގައި ބަޔާން މިއުނިކުން ރެއާލް ބަލިކޮށްފިނަމަ ތާރީޚް އިއާދަވެގެންދާނެއެވެ. 2013 ވަނަ އަހަރު މުބާރާތުގެ ފައިނަލުން ބަޔާން މިއުނިކް ޖާގަ ހޯދީ ސެމީފައިނަލުގެ ދެވަނަ ލެގުފައި ރެއާލްގެ ދަނޑުގައި އެޓީމު ބަލިކުރުމަށްފަހު އެވެ.
މިމެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބުނުކުރެވި 0-0 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގެ ވަރަށް ކުރީކޮޅު ޑޯޓްމަންޑުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ތަޖުރިބާކާރު ޑިފެންޑަރު މެޓް ހަމަލްސް އެވެ. މިއީ އެޓީމަށް ލިބުނު ކޯނަރެއްގައި އެޓީމުގެ މިޑްފީލްޑަރު ޖޫލިއަން ބްރެންޑްޓް ގޯލުކުރިމަށްޗައް ހުރަސްކޮށްދިން ބޯޅައެއް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން އެނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި މިލަނޑަށްފަހު މެޗުގެ ބާކީބައި ޑޯޓިމަންޑުން ކުޅުނީ މުޅި ޓީމު ފަހަތައްޖެހި ވަރަށް ޑިފެންސިވް ގޭމެކެވެ.
ނަތީޖާއެއްގެ ގޮތުން ޕީއެސްޖީ ޓީމުން ވަނީ މުޅި ޓީމު ކުރިއަށްޖެހި ޑޯޓްމަންޑުގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ. އޭގެ ތެރެއިން މެޗުގެ ފަހުކޮޅު އެޓީމުގެ ޕޯޗުގަލް މިޑްފީލްޑަރު ވިޓީނިއާ އަދި ފޯވާޑް އެމްބާޕޭ ފޮނުވާލި ދެ ހަމަލާއެއް ގޯލުގެ ހުރަސް ދަނޑިއަށް އަމާޒުވިއިރު، ފުރަތަމަ ހާފުގައި ވެސް އެޓީމުން ފޮނުވާލި ދެ ހަމަލާއެއް ގޯލުގެ އަރިމަތީ ދަނޑިއަށް އަމާޒުވެފައި ވެއެވެ.
މުބާރާތުގެ ފައިނަލުގައި ޑޯޓްމަންޑް ވާދަކުރަންޖެހީ މާދަމާ ރޭ ކުޅެވޭ ސެމީ ފައިނަލުގެ ދެވަނަ މެޗުގައި ރެއާލް މެޑްރިޑާއި ބަޔާން މިއުނިކް ވާދަކުރާ މެޗުން މޮޅުވާ ޓީމަކާއި ދެކޮޅަށެވެ. މިމެޗު ފެށުމަށް ހަމަޖެހިފައި ވަނީ މާދަމާ ރޭ ދަންވަރު ރާއްޖެ ގަޑިން 00:00 ގައެވެ.
ގުޅުންހުރި
![ފަހަތުން އަރައި ވެސްޓްހަމް ބަލިކޮށް ޗެލްސީ ހަތަރުވަނައަށް ކުރިއަށް ޖެހިލައިފި](/_next/image?url=%2Fsikundi-content%2Fuploads%2F2025%2F2%2FFB_IMG_1738634077704.jpg&w=3840&q=75)
ފަހަތުން އަރައި ވެސްޓްހަމް ބަލިކޮށް ޗެލްސީ ހަތަރުވަނައަށް ކުރިއަށް ޖެހިލައިފި
![އޭއެފްސީ ޗެންޕިއަންސް ލީގު: ރޮނާލްޑޯގެ ދެލަނޑާއެކު އަލް ވަސްލް އަތުން އަލް ނަސްރަށް ފަސޭހަ މޮޅެއް](/_next/image?url=%2Fsikundi-content%2Fuploads%2F2025%2F2%2FFB_IMG_1738633998655.jpg&w=3840&q=75)
އޭއެފްސީ ޗެންޕިއަންސް ލީގު: ރޮނާލްޑޯގެ ދެލަނޑާއެކު އަލް ވަސްލް އަތުން އަލް ނަސްރަށް ފަސޭހަ މޮޅެއް
![އަމިއްލަ ދަނޑުގައި ޗެންޕިއަން މެންޗެސްޓާ ސިޓީ އަތުން އާސެނަލްއަށް ތަފާތުބޮޑު މޮޅެއް](/_next/image?url=%2Fsikundi-content%2Fuploads%2F2025%2F2%2FFB_IMG_1738520892789.jpg&w=3840&q=75)
އަމިއްލަ ދަނޑުގައި ޗެންޕިއަން މެންޗެސްޓާ ސިޓީ އަތުން އާސެނަލްއަށް ތަފާތުބޮޑު މޮޅެއް
![އަލަވޭސް ބަލިކޮށް ބާސެލޯނާ އިން ފަރަގު ކުޑަކޮށްފި](/_next/image?url=%2Fsikundi-content%2Fuploads%2F2025%2F2%2FFB_IMG_1738513460861.jpg&w=3840&q=75)