logoEN
Sto top
މިނިސްޓަރ ޒަމީރު އިންޑިއާއަށް ވަޑައިގަންނަވަނީ

މިނިސްޓަރ ޒަމީރު އިންޑިއާއަށް ވަޑައިގަންނަވަނީ

އަހުމަދު ޝުރާއު

logo

5/7/2024, 3:02:24 PM

# މިނިސްޓަރ ޒަމީރު

އިންޑިއާއާއި ރާއްޖޭގެ ފޮރިން މިނިސްޓަރުން

މިނިސްޓަރ އޮފް ފޮރިން އެފެއާޒް ހިޒް އެކްސެލެންސީ މޫސާ ޒަމީރު ރަސްމީ ދަތުރުފުޅެއްގައި އިންޑިއާއަށް ވަޑައިގަތުމަށް ހަމަޖެހިއްޖެ އެވެ.

Wamco

ފޮރިން މިނިސްޓްރީއިން މިއަދު ބުނީ މިނިސްޓަރ ޒަމީރު ރަސްމީ ދަތުރުފުޅެއްގައި އިންޑިއާއަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މާދަމާގެ ވަގުތެއްގައި އެވެ. އެގޮތުން މި ދަތުރުފުޅަކީ މިމަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ކުރައްވާ ދަތުރުފުޅެކެވެ.

މިނިސްޓަރު ޒަމީރުގެ މި ދަތުރުފުޅުގައި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ އެސް ޖައިޝަންކަރާ ބައްދަލުކުރައްވައި ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިކޮށް ފުޅާކުރުމާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާނެ އެވެ.

މިއީ ފޮރިން މިނިސްޓަރު ޒަމީރު މަގާމާއި ހަވާލުވެވަޑައިގެންނެވި ފަހުން އިންޑިއާއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC