
މަޖިލީހުގެ ޚާރިޖީ ގުޅުންތަކާ ބެހޭ ކޮމެޓީ
ތިން ޤައުމެއްގެ ސަފީރުންނަށް ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ހާރިޖީ ގުޅުންތަކާ ބެހޭ ކޮމީޓީން ފާސްކޮށްފިއެވެ.

ކޮމެޓީން މިއަދު ރުހުން ދިނުމަށް ފާސްކޮށްފައިވަނީ ޗައިނާ، ބަންގްލަދޭޝް އަދި ސައުދީ އަރަބިއްޔާގެ ސަފީރުންނަށެވެ. އެ ބޭފުޅުންނަކީ:
- ޗައިނާގެ ސަފީރަކަށް ޑރ. ފަޒީލް ނަޖީބް
- ސައުދީގެ ސަފީރަކަށް މުހައްމަދު ތާހާ
- ބަންގްލަދޭޝްގެ ސަފީރަކަށް ޝިއުނީން ރަޝީދު
މި ތިން ބޭފުޅުންނަށް ރުހުން ދިނުމަށް ބޭއްވި ޖަލްސާގައި ފަޒީލު އަދި ޝިއުނީން އަށް ރުހުން ދިނުމަށް ފާސްވީ 35 ވޯޓުންނެވެ. އަދި ތާހާއަށް ރުހުން ދިނުމަށް ފާސްވީ 33 ވޯޓުންނެވެ. އެ ބޭފުޅުންނަށް ރުހުން ދޭން ނުފެންންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވައެވެ.
މި ބޭފުޅުންގެ ތެރެއިން ޑރ. ފަޒީލް ނަޖީބަކީ އެމްއެމްއޭގެ ކުރީގެ ގަވަރުނަރެވެ. އަދި ފަޒީލު ނަޖީބުގެ އިތުރުން ތާހާ އަކީ މިދިޔަ މަޖިލީހުގެ އިންތިހާބުގެ ޕީއެންސީގެ ޕްރައިމެރީއިން ނާކާމިޔާބުވެވަޑައިގެންނެވި ދެ ބޭފުޅުންނެވެ.
ގުޅުންހުރި

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު 5 އަށް މަދުކުރަން މަޖިލީހުން ފާސްކޮށްފި

ޑަބްލިއުޑީސީތަކަށް ރަސްމީ މުސާރަ އާއި ރޯދަ އިނާޔަތް ދޭން ފާސްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އިންޑިއާއަށް ފުރާވަޑައިގަންނަވައިފި
.jpg&w=3840&q=75)