
-
ރަސްމީ ދަތުރުފުޅެއްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ޢަބްދުއްރަޙީމް ޢަބްދުﷲ އިންޑިއާއަށް ފުރާވަޑައިގެންފި އެވެ.

މަޖިލީސް އިދާރާއިން މިއަދު ބުނީ މި ދަތުރުފުޅަކީ ކޮމަންވެލްތްގެ ޤާނޫނު ހަދާ މަޖިލިސްތަކުގެ ރައީސުންނާއި އޮފިސަރުންގެ 28ވަނަ ކޮންފަރެންސްގައި ބައިވެރިވެވަޑައިގެންނެވުމަށް، މަޖިލީހުގެ ރައީސް އިންޑިއާގެ ނިއު ދިއްލީއަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.
އެގޮތުން އެމަނިކުފާނުގެ މި ދަތުރުފުޅަކ މިމަހުގެ 13 އިން 18 އަށް ކުރައްވާ ދަތުރުފުޅެކެވެ.
އެމަނިކުފާނުގެ އަރިހުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އަރިހުގައި، ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދު، މަޖިލީހުގެ އިދާރާގެ ޗީފް އޮފް ބިއުރޯ، އަޙްމަދު ނިހާން ޙުސައިން މަނިކު އަދި ސީނިއަރ ފޮރިން ރިލޭޝަންސް އޮފިސަރ، ޢާއިޝަތު އީމާން ބައިވެރިވެވަޑައިގަންނަވައެވެ.
ގުޅުންހުރި
ހިތަދޫ އުތުރު ބައި އިލެކްޝަން: ޕީއެންސީގެ ޓިކެޓު ސައީދަށް!
.webp&w=3840&q=75)
ޕީއެންސީ ޕްރައިމަރީ ކާމިޔާބު ކުރި ސިނާން، ބައި އިލެކްޝަންގައި ވާދަ ނުކުރަން ނިންމައިފި

ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ކޮމެޓީއަށް




