މާލިއްޔަތު ގަވާއިދަށް އަހުލުވެރިކުރުމުގެ ކުރިޔަށް ގެންދާ ޕްރޮގްރާމުގެ މިއަހަރުގެ ފުރަތަމަ ބުރު ނިންމާލައިފި
އަހުމަދު ޝުރާއު
5/5/2024, 6:59:31 PM
މާލިއްޔަތު ގަވާއިދަށް އަހުލުވެރިކުރުމަށް ކުރިޔަށް ގެންދިޔަ ޕްރޮގްރާމް ނިންމާލުން
ލިއްޔަތު ގަވާއިދަށް އަހުލުވެރިކުރުމުގެ ކުރިޔަށް ގެންދާ ޕްރޮގްރާމުގެ މިއަހަރުގެ ފުރަތަމަ ބުރު ނިންމާލައިފި އެވެ.
ފިނޭންސް މިނިސްޓްރީއިން ބުނީ ޕަބްލިކް ފައިނޭންސް އިންސްޓިޓިއުޓުން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ ދައުލަތުގެ މާލިއްޔަތު ގަވާއިދަށް އަހުލުވެރިކުރުމުގެ ތަމްރީނު ޕުރޮގުރާމުގެ 2024 ވަނަ އަހަރުގެ ފުރަތަމަ ބުރު ކާމިޔާބުކަމާއެކު މިއަދު ނިންމާލާފައިވާ ކަމަށެވެ.
އިއްޔެ ފެށި މި ޕްރޮގްރާމުގައި މިއަދު ކުރިޔަށް ގެންދިޔަ ސެޝަންތައް ނަންގަވައިދެއްވީ ނަންގަވައިދެއްވީ އެސިސްޓަންޓް ޓްރެޝަރީ މެނޭޖްމަންޓް އެގްޒެކެޓިވް، ހިޝާމް ރަފީޤާއި އެސިސްޓަންޓް ޕަބްލިކް އެކައުންޓްސް އެގްޒެކެޓިވް، ސަމްޙާ ޢަބްދުއްރަޙީމް އަދި ރިސަރޗް އެސިސްޓަންޓް ޓު ޖައިކާ އިކޮނޮމިކް ޕޮލިސީ އެޑްވައިޒަރ، އައިމިނަތު އަފްނާން ހަނީފް އެވެ.
މި ޕުރޮގުރާމު ނިންމުމުގެ ރަސްމިއްޔާތުގައި އެކައުންޓަންޓް ޖެނެރަލް މުޙައްމަދު އާޒާދާއި، މިނިސްޓަރ އޮފް ފިނޭންސްގެ ނައިބުން އަޙްމަދު އައިމަން، މުޙައްމަދު އަނަސް، އަޙްމަދު އަޖުވަދު އަދި ޢާއިޝަތު އުމައިމާގެ އިތުރުން ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރ އަލްއުސްތާޛާ ޢާއިޝަތު ރިއުޝާނާ ވަނީ ބައިވެރިވެވަޑައިގެންފައި އެވެ.
މި ރަސްމިއްޔާތުގައި ވަނީ މި ތަމްރީނު ޕުރޮގުރާމު ފުރިހަމަކުރި ބައިވެރިންނަށް ހަނދާނީ ލިޔުން އަރުވާފައިއެވެ.