logoEN
cocacola
ތަފާތުބޮޑު ނަތީޖާއަކުން ވެސްޓްހަމް ބަލިކޮށް ޗެލްސީ 7 ވަނައަށް

ތަފާތުބޮޑު ނަތީޖާއަކުން ވެސްޓްހަމް ބަލިކޮށް ޗެލްސީ 7 ވަނައަށް

ހަސަން ޝަމްއޫން

logo

5/5/2024, 5:50:28 PM

# ބޭރު ދުނިޔޭގެ ކުޅިވަރު# ޗެލްސީ# އިގިރޭސި ޕްރިމިއާ ލީގް# ވެސްޓްހަމް ޔުނައިޓެޑް

ނޯނީ މަޑުއެކޭ ވެސްޓްހަމް ކޮޅަށް ލަނޑުޖެހުމަށްފަހު އުފާފާޅުކުރަނީ

އިގިރޭސި ޕްރެމިއާ ލީގުގައި މިރޭ އަމިއްލަ ދަނޑުގައި 5-0 ގެ ތަފާތުބޮޑު ނަތީޖާއަކުން ވެސްޓްހަމް ބަލިކޮށް ޗެލްސީ އިން ލީގު ތާވަލުގެ 7 ވަނައަށް ކުރިއަށް ޖެހިލައިފިއެވެ.

ގޮސިޔާ

މެޗުގެ ފުރަތަމަ ހަފު 3-0 ގެ ނަތީޖައަކުން ޗެލްސީ ކުރީގައި އޮވެގެން ނިމުނުއިރު، ދެވަނަ ހާފުގައި އެޓީމުން ވަނީ އިތުރު ދެލަނޑު ކާމިޔާބުކޮށްފައެވެ. އެގޮތުން މިމެޗުގައި ޗެލްސީގެ ފޯވާޑް ނިކޮލަސް ޖެކްސަން ދެލަނޑު ކާމިޔާބުކުރި އިރު، އެޓީމުގެ ޒުވާން މިޑްފީލްޑަރު ކޯލް ޕަލްމާ، ފޯވާޑް ނޯނީ މަޑުއެކޭ އަދި ކެޕްޓަން ކޯނޯ ގަލެގަރ މިއިން ކޮންމެ ކުޅުންތެރިއެއް ވަނީ އެއް ލަނޑު ކާމިޔާބުކޮށްފައެވެ.

މީގެ އިތުރުން މިމެޗުގައި ޕަލްމާ ކާމިޔާބުކުރި ލަނޑާއެކު އެނާ ވަނީ އެއް ސީޒަނެއްގައި ޗެލްސީގެ އަމިއްލަ ދަނޑުގައި އެޓީމަށް އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިއާގެ ރެކޯޑާއި އަރާ ހަމަކޮށްފައެވެ. މިއީ މިސީޒަނުގައި ޗެލްސީގެ ދަނޑުގައި ޕަލްމާ ކާމިޔާބުކުރި 16 ވަނަ ލަނޑެވެ. އަދި މީގެ އިތުރުން މިއީ މިސީޒަނުގައި ލީގުގައި އޭނާ ކާމިޔާބުކުރި 21 ވަނަ ލަނޑެވެ.

މިމެޗުން ލިބުނު ތިން ޕޮއިންޓާއެކު ލީގުގައި ކުޅުނު 35 މެޗުން ޗެލްސީއަށް 54 ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ލީގު ތާވަލުގެ 7 ވަނައިގައެވެ. އަދި މިމެޗުން ބަލިވި ވެސްޓްހަމް އިން ލީގުގައި ކުޅުނު 36 މެޗުން ލިބުނު 49 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ލިގު ތާވަލުގެ 9 ވަނައިގައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ