logoEN
cocacola
ގުދުސްގައި ހުންނަ އަލްޖަޒީރާގެ އޮފީސް ރެއިޑްކޮށް ބައެއް އާލަތްތައް އިސްރާއީލުގެ އަސްކަރިއްޔާގެ ބެލުމުގެ ދަށަށް!

ގުދުސްގައި ހުންނަ އަލްޖަޒީރާގެ އޮފީސް ރެއިޑްކޮށް ބައެއް އާލަތްތައް އިސްރާއީލުގެ އަސްކަރިއްޔާގެ ބެލުމުގެ ދަށަށް!

އަހުމަދު ޝުރާއު

logo

5/5/2024, 2:41:25 PM

# ޔަހޫދީ އިސްރާއީލް

ގުދުސްގައި ހުންނަ އަލްޖަޒީރާގެ އޮފީސް ރެއިޑްކޮށް އެޗެނަލްގެ ބައެއް އާލަތްތައް އިސްރާއީލުގެ އަސްކަރިއްޔާގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

ގޮސިޔާ

މިކަން ހާމަކުފީ ޔަހޫދީ އިސްރާއީލުގެ ކޮމިއުނިކޭޝަން މިނިސްޓަރު ޝްލޯމޯ ކާރްހީ އެވެ. އޭނާ ބުނީ އަލްޖަޒީރާގެ ބައެއް މުދާތައް ހިފާފައިވާ އިރުމަތީ ގުދުސްގައި ހުންނަ އަލްޖަޒީރާގެ އޮފީސް ބަލައި ފާސްކުރުމުގެ ތެރެއިން ހިފަހައްޓާފައިވާ ކަމަށެވެ.

ނަމަވެސް ހިފަހައްޓާފައިވަނީ ކޮން މުދާތަކެެއްކަމެއް އަދި މިހާތަނަށް އަލްޖަޒީރާއާއި އިސްރާއީލުގެ ކޮމިއުނިކޭޝަން މިނިސްޓްރީއިންވެސް ހާމަކޮށްފައެއް ނުވެއެވެ.

އަލްޖަޒީރާގެ އޮފީހެއް އިސްރާއީލުން ރެއިޑްކޮށްފައިމިވަނީ ޔަހޫދީ އިސްރާއީލުގައި އަލް ޖަޒީރާ ބްރޯޑްކާސްޓުކުރުމަށް ހުރަސްއަޅާއި އޮން އެއާ ކަނޑާލިތާ އިރުކޮޅެއްވެސް ނުވަނީހެވެ.

މި ނިންމުން ނިންމާފައިމިވަނީ އަލް ޖަޒީރާއަށް އަމާޒުކޮށް އެގައުމުގެ މަޖިލީހުން މިއަދު ފާސްކުރި ބިލަކަށް ފަހުގައި އެވެ. އެގޮތުން ބިލް ފާސްވިތާ މާގިނަ އިރުތަކެއްނުވެ އެގައުމުގައި ބްރޯޑްކާސްޓުކުރަމުން އަންނަ އޮޕަރޭޓަރުން ވަނީ އަލްޖަޒީރާ ބްރޯޑްކާސްޓުކުރުން ހުއްޓާލާފައި އެވެ.

އެގޮތުން އިސްރާއީލުގައި އަލްޖަޒީރާ ބްރޯޑްކާސްޓު ކުރާ "ޔެސް" އާއި "ހޮޓް" ފަދަ ގިނަ ކުންފުނިތަކަކުން އަލްޖަޒީރާގެ ބަދަލުގައި ބްރޯޑްކާސްޓް ކުރަމުން ދަނީ "ސަރުކާރުގެ ނިންމުމާ އެއްގޮތަށް އަލްޖަޒީރާ ސްޓޭޝަންގެ ބްރޯޑްކާސްޓްތައް އިޒްރޭލުގައި ހުއްޓާލައިފި" , މި މެސެޖެވެ.

މިކަމާއި ގުޅިގެން އަލް ޖަޒީރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިޒްރޭލުގައި ބްރޯޑްކާސްޓުކުރުން ހުއްޓުވުމަކީ އިންސާނީ ހައްގުތަކަށް އުނިކަން ލިބޭ ޖިނާއީ އަމަލެއް ކަމަށާއި މި މައްސަލަ ބެލުމަށް ބައިނަލަގްވާމީ އިދާރާތަކަށް ގޮވާލާ ކަމަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ