logoEN
cocacola
 ހޯޕް ފޯ އޯލް ޖަމިއްޔާއިން  މޯލްޑިވްސް ޗެސް ކުލަބާ ގުޅިގެން ފުވައްމުލަކުގައި ޗެސް ޓްރެއިނިންގ އެއް ބާއްވައިފި

ހޯޕް ފޯ އޯލް ޖަމިއްޔާއިން މޯލްޑިވްސް ޗެސް ކުލަބާ ގުޅިގެން ފުވައްމުލަކުގައި ޗެސް ޓްރެއިނިންގ އެއް ބާއްވައިފި

އަލްފާ އަލީ

logo

5/4/2024, 2:52:07 PM

# ފުވައްމުލައް ސިޓީ# ޗެސް ކުލަބް# ހޯޕް ފޯ އޯލް

--

ފުވައްމުލަކު ހޯޕް ފޯ އޯލް ޖަމިއްޔާއިން މޯލްޑިވްސް ޗެސް ކުލަބާ ގުޅިގެން ބޭސިކް ޗެސް ޓްރެއިނިންގ ޕްރޮގްރާމެއް ބާއްވައިފި އެވެ.

ގޮސިޔާ

ހޯޕް ފޯ އޯލް ޖަމިއްޔާއިން ބުނެފައިވާ ގޮތުގައި މި ޕްރޮގްރާމަކީ އުމުރުން 9 އަހަރާއި 12 އަހަރާ ދެމެދުގެ ކުދިންނަށް އަމާޒުކޮށްގެން މެއި މަހު 1 އިން 3 އަށް ކުރިއަށް ގެންދެވުނު ޓްރެއިނިންގ ޕްރޮގްރާމެކެވެ.

އެ ޖަމިއްޔާއިން ބުނެފައިވަނީ, މިފަދަ ޕްރޮގްރާމެއް ފުވައްމުލަކުގައު ކުރިއަށް ގެންދިޔުމުގެ ބޭނުމަކީ, އެރަށުގައި ޗެސް ކުރިއަރުވައި ރަނގަޅު ކުޅުންތެރިންތަކެއް އުފެއްދުން ކަމަށެވެ. މިގޮތުން ކުރިއަށް އޮތް 2-3 މަސްދުވަހުގެ ތެރޭގައި ޗެސް މުބާރާތެއް ބޭއްވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް އެޖަމިއްޔާއިން ވަނީ ބުނެފައެވެ

undefined

ހޯޕް ފޯ އޯލް ޖަމިއްޔާއަކީ ވަރަށް ފަހުން ރަޖިސްޓްރީކޮށް ހިންގަން ފެށުނު ޖަމިއްޔާ އެކެވެ. މި މަހު ކުރިއަށް ގެންދެވުނު ޗެސް ޓްރެއިނިންގ އަކީ މި ޖަމިއްޔާގެ އެންމެ ފުރަތަމަ ހަރަކާތް ކަމަށް އެޖަމިއްޔާއިން ވަނީ ބުނެފައެވެ. މި ހަރަކާތް ކުރިއަށް ގެންދިޔުމަށް އެހީތެރިވެދިން ހުރިހާ ފަރާތްތަކަށްވެސް އެ ޖަމިއްޔާއިން ވަނީ ޝުކުރު އަދާކޮށްފައެވެ.

މި ޖަމިއްޔާގެ އަމާޒަކީ, ތައުލީމާއި, ސިއްހީ އަދި އިޖްތިމާއީ ކުރިއެރުމަށް މަަސައްކަތްކޮށް, ބާރުވެރި މުޖުތަމައުއެއް ބިނާކުރުމަށް މަސައްކަތް ކުރުމާއި, އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް މަަސައްކަތް ކުރުން ކަމަށް އެޖަމިއްޔާއިން ވަނީ ބުނެފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ