logoEN
cocacola
އައްޑޫ ސިޓީގެ މަގުހެދަމުގެ މަޝްރޫޢުގެ 86 އިންސައްތަ މަސައްކަތް ނިމިއްޖެ

އައްޑޫ ސިޓީގެ މަގުހެދަމުގެ މަޝްރޫޢުގެ 86 އިންސައްތަ މަސައްކަތް ނިމިއްޖެ

އަހުމަދު ޝުރާއު

logo

5/4/2024, 2:10:33 PM

# އައްޑޫ ސިޓީ

އައްޑޫ ސިޓީ މަގުތައް ހެދުމުގެ މަޝްރޫއު ކުރިޔަށް ދާގޮތް ސްޓޭޓް މިނިސްޓަރ ބައްލަވާލެއްވުން

އައްޑޫ ސިޓީގެ މަގުހެދަމުގެ މަޝްރޫޢުގެ ބޮޑު އިންސައްތައެއްގެ މަސައްކަތް ނިމިފައިވާކަން އިންފްރާސްޓްރަކްޗަރ މިނިސްޓްރީއިން ހާމަކޮށްފި އެވެ.

ގޮސިޔާ

އިންފްރާސްޓްރަކްޗަރ މިނިސްޓްރީގެ މިނިސްޓަރ އޮފް ސްޓޭޓް އިބްރާހިމް ނަޒީމް މިއަދު ވަނީ މި މަޝްރޫއުގެ މަސައްކަތް ކުރިޔަށްދާ ގޮތް ބައްލަވާލެއްވުމަށް މަސައްކަތް ކުރިޔަށްދާ ސަރަހައްދަށް ވަޑައިގެންފައި އެވެ. މިކަން ހާމަކުރައްވައި އެމިނިސްޓްރީއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ %86.25 ނިމިފައިވާ ކަމަށެވެ.

މިނިސްޓަރ އޮފް ސްޓޭޓް އިބްރާހިމް ނަޒީމް މިހާރު އައްޑޫ ސިޓީއަށް ކުރައްވަމުން އަންނަ ދަތުރުފުޅުގައި ވަނީ އައްޑޫ ސިޓީގެ މަގުހެދަމުގެ މަޝްރޫޢުގެ ކޮންޓްރެކްޓަރ އަދި ކޮންސަލްޓަންޓްއާއި ބައްދަލު ކުރައްވައި މި މަޝްރޫޢުގެ މަސައްކަތްތަކާއި ގުޅޭގޮތުން މަޝްވަރާވެސް ކުރައްވާފައި އެވެ.

އައްޑޫ މަގު ހެދުމުގެ މަސައްކަތް މިހާރު ކުރިޔަށް ގެންދަނީ އިންޑިއާގެ އެފްކޮންސް ކުންފުނިންނެވެ. ނަމަވެސް މި ސަރުކާރުން ވަނީ މަޝްރޫއު ކުރިޔަށް ގެންދިޔުމަށް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަނާއި ހަވާލުކުރަން މިހާރު ނިންމާފައި އެވެ. ނިމިދިޔަ ސަރުކާރުން މަޝްރޫޢުގެ 60 ކިލޯމީޓަރު މަގު ހަދަން ނިންމާފައި އޮތީ ސިމެންތި ބޭސް ލޭޔަރ އަޅައިގެންނެވެ. ނަމަވެސް އެމަގުތައް ތާރު އަޅައި ނިންމަވައި ދެއްވާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ދާދި ފަހުން އައްޑޫއަށް ކުރެއްވި ދަތުރުފުޅުގައި ވަނީ ވިދާޅުވެފައެވެ.

އާރް.ޑީ.ސީއާއި ޙަވާލުކޮށްގެން ކުރިއަށްގެންދާ މި މަސައްކަތަށް ގާތްގަނޑަކަށް 18 މިލިއަން ޑޮލަރު ޚަރަދުވާނެ ކަމަށް ލަފާކުރެއެވެ.

އިންޑިއަން އެގްޒިމް ބޭންކުގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން, އައްޑޫ ސިޓީގެ މަގުހެދުމާއި ފެން ހިންދުމުގެ ނިޒާމް ގާއިމްކުރުމަށްޓަކައި ކުރީ ސަރުކާރުން 21 ފެބްރުއަރީ 2021 ގައި މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރާ އިންޑިއާގެ އެފްކޯންސް އިންފްރާސްޓްރަކްޗަރ ލިމިޓެޑާ ދެމެދު ސޮއިކުރެވުނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ