logoEN
cocacola
މުޅި އައްޑޫގެ ފެނާއި ނަރުދަމާ ނިޒާމް އަޕްގްރޭޑްކުރުމަށް އެމްޑަބްލިއުއެސްސީއަށް!

މުޅި އައްޑޫގެ ފެނާއި ނަރުދަމާ ނިޒާމް އަޕްގްރޭޑްކުރުމަށް އެމްޑަބްލިއުއެސްސީއަށް!

އަހުމަދު ޝުރާއު

logo

4/13/2024, 11:42:20 AM

# އައްޑޫ ސިޓީ# އެމްޑަބްލިއުއެސްސީ

އައްޑޫ ސިޓީގެ ހުރިހާ ރަށެއްގައި ނަރުދަމާއާއި ފެނުގެ ނިޒާމް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ސަރުކާރުން އެމްޑަބްލިއުއެސްސީއާއި ހަވާލުކުރުން

އައްޑޫ ސިޓީގެ ހުރިހާ ރަށެއްގައި ނަރުދަމާއާއި ފެނުގެ ނިޒާމް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ސަރުކާރުން އެމްޑަބްލިއުއެސްސީއާއި ހަވާލުކޮށްފި އެވެ.

ގޮސިޔާ

މި މަސައްކަތް އެމްޑަބްލިއުއެސްސީއާއި ހަވާލުކޮށްފައިވަނީ މިއަދު އައްޑޫ ސިޓީ ހިތަދޫގައި އޮތް ރަސްމިއްޔާތެއްގައިއެވެ. އެގޮތުން މަސައްކަތް ހަވާލުކުރުމުގެ ގޮތުން ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޢިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާގެ ސްޓޭޓް ވަޒީރު އިބްރާހީމް ޠަޢާމު މުޙައްމަދު އެވެ. އަދި އެމްޑަބްލިއުއެސްސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު އަބްދުލްމަތީން މުހައްމަދު އެވެ.

މި މަޝްރޫއަށް 282 މިލިއަން ރުފިޔާ ހަރަދު ވާނެ ކަމަށް ޢިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާއިން ބުނެއެވެ. އެވުޒާރާއިން ބުނާ ގޮތުގައި މި މަޝްރޫއު ނިމިގެންދާއިރު 60,000 މީހުންގެ އާބާދީއަށް ކޭޓަރ ކުރެވިގެންދާނެ އެވެ.

މި މަޝްރޫއުގެ ދަށުން 1500 ޓަނުގެ 2 އާރްއޯ ޕްލާންޓް ގާއިމްކުރުމަށް ނިންމާފައިވާއިރު ހުޅުމީދޫގައި އިތުރު 1300 ޓަނުގެ އާރްއޯ ޕްލާންޓެއް ގާއިމްކުރުމަށް ވަނީ ނިންމާފައި އެވެ.

އަދި މުޅި މަޝްރޫއުގެ ދަށުން 13000 ކިއުބިކް މީޓަރ ސްޓޯރޭޖް ތާނގި ގާއިމްކުރެވިގެންދާނެ ކަން ވެސް ވަނީ އެވުޒާރާއިން ހާމަކޮށްފައި އެވެ. އޭގެ އިތުރުން 1400 ކިއުބިކް މީޓަރ ސްޓޯރޭޖް ތާނގިއެއް ހުޅުމީދޫގައި ގާއިމްކުރެވިގެންދާނެކަންވެސް ވަނީ ހާމަކޮށްފައި އެވެ.

އައްޑޫ ސިޓީގެ ފެނާއި ނަރުދަމާގެ ނިޒާމު އެއްކޮށް ފުރިހަަމަ ވެގެންދައީ މީގެ 8 ވަރަކަށް އަހަރުކުރިންނެވެ.

މުޅި އައްޑޫގެ ފެނާއި ނަރުދަމާގެ ނިޒާމު އަޕްގްރޭޑް ކުރުމުގެ މަސައްކަތް އެމްޑަބްލިއުއެސްސީއާއި ހަވާލުކުރަން ހަމަޖެހިފައިވާކަން ރޭ ރައީސް މުއިއްޒުވެސް ވަނީ އައްޑޫގައި ބޭއްވި ކެމްޕެއިން ޖަލްސާއެއްގައި ހާމަކުރައްވާފައި އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ