logoEN
cocacola
ހަންކެޑި މަޝްރޫއު މިހާރު އޮތީ އަމަލީ މަސައްކަތް ފެށޭ ހިސާބުގައި - ރައީސް

ހަންކެޑި މަޝްރޫއު މިހާރު އޮތީ އަމަލީ މަސައްކަތް ފެށޭ ހިސާބުގައި - ރައީސް

އަހުމަދު ޝުރާއު

logo

4/12/2024, 6:44:02 PM

# ރައީސް މުއިއްޒު# އައްޑޫ ސިޓީ

ރައީސް އައްޑޫގައި

އައްޑޫ ސިޓީގެ ހަންކެޑި މަޝްރޫއުގެ މަސައްކަތް ދާދި އަވަހަށް ފެށިގެންދާނެ ކަން ރައީސް ޑރ މުހައްމަދު މުއިއްޒު ހާމަކުރައްވައިފި އެވެ.

ގޮސިޔާ

މި މަޝްރޫއުގެ ތަފްސީލް ރައީސް ދެއްވީ މިހާރު އައްޑޫއަށް ކުރަށްވަމުން އަންނަ ދަތުރުފުޅުގެ ތެރެއިން މިރޭ އައްޑޫ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިރޭގެ ޖަލްސާގައި ރައީސް ވިދާޅުވީ މުޅި ރާއްޖެއަށް ފަތުރުވެރިކަން ފުޅާކުރުމުގެ މަސައްކަތުގެ ބޮޑުބައެއް އައްޑޫ ސިޓީއަށް ޚާއްޞަކޮށްފައިވާކަމަށާއި އެގޮތުން އައްޑޫގެ ހަޤީގަތަކަށްނުވެ އޮތް ހަންކެނޑެ މަޝްރޫޢުވެސް ޢަމަލީ މަސައްކަތް ފެށޭ ހިސާބަށް ގޮސްފައިވާކަަމަށެވެ.

މި މަޝްރޫއަކީ 2080 އެނދުގެ މަަޝްރޫއެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ މި މަޝްރޫއުގެ ތެރެއިން ގިނަ އަދަދެއްގެ ވަޒީފާ އުފެދިގެންދާނެ ކަމަށެވެ. އެގޮތުން މި މަޝްރޫއާއި އެކު 1980 ސީދާ ވަޒީފާ އުފެދި ނުސީދާކޮށް 1800އެއްހާ ވަޒީފާ އުފެދޭނެކަން ރައީސް ހާމަކުރެއްވި އެވެ. މިއާއި އެކު މި މަޝްރޫއުގެ އަމަލީ މަސައްކަތް ދާދި އަވަހަށް ފެށޭނެކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް މިފަދައިން ވިދާޅުވިއިރު އިދިކޮޅުގައި އޮތް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވަނީ އައްޑޫ ހަންކެޑެ ތަރައްގީ ކުރުމުގެ މަޝްރޫއު މި ސަރުކާރުން ނުފަށައި ލަސްކުރަމުންދާތީ އެމްޑީޕީން އެ ވާހަކަ ދެއްކުމުން އަންނަ ހަފުތާގައި އެ މަޝްރޫއުގެ މަސައްކަތް ސަރުކާރުން ފަށަން އުޅޭކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށް ވިދާޅުވެފައި އެވެ.

އިންޓަގްރޭޓެޑް ޓޫރިޒަމަށް ހާއްސަކޮށްގެން ހަންކެޑެ ތަރައްގީކުރަން މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން ކޮމްޕެނީ (އެމްއެފްއެމްސީ) އާއި ޗައިނާ ނޭޝަނަލް އިލެކްޓްރިކަލް އިންޖިނިއަރިން (ސީއެންއީސީސީ) އާ ދެމެދު ސޮއިކުރީ މިދިޔަ އަހަރުގެ މާޗް 30 ގަ އެވެ. ހަންކެޑެ ތަރައްގީ ކުރަން ހަމަޖެއްސީ ބޭންކް އޮފް ޗައިނާ އިން 145 މިލިއަން ޑޮލަރު (2.2 ބިލިއަން ރުފިޔާ) ގެ ލޯނެއް ނަގައިގެންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ