
ސިފައިންގެ ފަހު ގްރޫޕު ފޮނުވާލުމާ ގުޅޭ ހައި ލެވެލްގެ ހަތަރުވަނަ ބައްދަލުވުން ބާއްވައިފި
# ރާއްޖެ-އިންޑިއާ# ފޮރިން މިނިސްޓްރީ# އިންޑިޔާ ސިފައިން# އިންޑިޔާ ސިފައިންގެ މައްސަލަރާއްޖޭގެ ޚާރިޖީ ވުޒާރާ
ރާއްޖެއާއި އިންޑިޔާ ދެމެދު ކުރިއަށްގެންދާ މަތީ ފަންތީގެ ބައްދަލުވުންތަކުގެ ހަތަރުވަނަ ބައްދަލުވުން ނިއު ދިއްލީގައި ބާއްވައިފިއެވެ.

މި ބައްދަލުވުމާ ގުޅޭ މައުލޫމާތު ދެމުން ރާއްޖޭގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނީ، އިންޑިޔާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގައި އިއްޔެ ބޭއްވުނު މި ބައްދަލުވުމުގައި ރާއްޖެއާއި އިންޑިޔާއާ ދެމެދު އޮތް ގުޅުމުގެ މަޝްވަރާތައް ކުރިއަށް ގެންދެވުނުއިރު، ތަރައްޤީއާއި ދިފާއީ ދާއިރާއިން އިތުރަށް ގުޅުން ބަދަހިކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެވުނު ކަމަށެވެ.
އަދި އިންޑިޔާ ސިފައިން ރާއްޖެއިން ބޭލުމާ ގުޅޭ ގޮތުން ކުރެވުނު މަޝްވަރާތަކުން، އޭވިއޭޝަނުގެ ފަހު ޕްލެޓްފޯމުތަކުގައި ތިބި ސިފައިން، މި މަހުގެ 10ގެ ކުރިން އިންޑިޔާއަށް ފޮނުވާލުމަށް ބޭނުންވާ ލޮޖިސްޓިކްސްއާއި އިތުރު އިންތިޒާމުތައް ޝެޑިއުލާ އެއްގޮތަށް ކުރިއަށް ގެންދިޔުމާ ގުޅޭ މަޝްވަރާތައް ވެސް ކުރެވުނެ ކަމަށް އެ ބަޔާނުގައި ބުންޏެވެ.
މީގެ އިތުރުން ހައިލެވެލް ކޯ ގްރޫޕްގެ ފަސްވަނަ ބައްދަލުވުން މި އަހަރުގެ ޖޫން ނުވަތަ ޖުލައި މަހުގެ ތެރޭގައި، މާލޭގައި ބޭއްވުމަށް ވެސް ވަނީ ނިންމާފައެވެ.
އިންޑިޔާ ސިފައިން ރާއްޖެއިން ބޭލުމާ ގުޅޭ ގޮތުންނާއި ތަރައްގީގެ މުހިންމު ކަންކަމުގެ މަޝްވަރާތައް ކުރިއަށްގެންދިޔުމަށް ދެ ސަރުކާރުން އެކުލަވާލި މަތީ ފަންތީގެ ގްރޫޕު ނުވަތަ ހައި ލެވެލް ކޯ ގްރޫޕުގެ މަޝްވަރާތަކުން، ރާއްޖޭގައި ތިބި އިންޑިޔާގެ ބައެއް ސިފައިން މިހާރު އެގައުމަށް ފޮނުވާލައި، ސިފައިންގެ ބަދަލުގައި ސިވިލް މީހުން ވަނީ ރާއްޖެ ގެނެސްފައެވެ. ސިފައިންގެ ފަހު ބެޗް، މި މަހުގެ 10 ގެ ކުރިން ފޮނުވާލެވޭނެ ކަމަށް ސަރުކާރުން މީގެ ކުރިން ބުނެފައިވެއެވެ.
ގުޅުންހުރި

މީޑީއާތަކުގެ ތެލެތޯންއިން އެއްކުރި ފައިސާއާއި ދިވެހި ސަރުކާރުގެ ފަރާތުން ދޭން ނިންމި އެހީ ލަންކާ ސަރުކާރާއި ހަވާލުކޮށްފި
.webp&w=3840&q=75)
ހަލާލް އެކްސްޕޯ އަދި ޔޫރޭޝިއާ ޓޫރިޒަމް އެންޑް ހެލްތު އެކްސްޕޯގައި ރާއްޖެ ތަމްސީލްކޮށްފި
-1764574702492.webp&w=3840&q=75)
އެންއެމްއައިއާރުއެފްގެ މަސައްކަތަށް ފޮރިން މިނިސްޓަރު ޚަލީލްގެ ތައުރީފް!





