
--
ދެމަފިރިންގެ މެދުގައި ގުޅުން ގޯސްވެ އެއްވެސް ޙައްލެއް ނުފެނިއްޖެނަމަ، ވަރި ހުއްދަވާނެ ކަމަށާއި, ނަމަވެސް އަނބިމީހާ ބޭނުމެއް ނެތި ވަރިއަށް އެދުމަކީ ދީނުގައި ނަހީ ކުރައްވާފައިވާ ކަމެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.

މިއަދުގެ ހުކުރު ހުތުބާގައި އަލިއަޅުވާލާފައިވަނީ "ވަރި" މި މައުޟޫއަށެވެ .
ހުތުބާގައި ބުނީ، އިންސާނީ ދަރިފަސްކޮޅު ގުޅުވައިދޭ އެންމެ ވަރުގަދަ ގުޅުވުމަކީ ކައިވެނީގެ ގުޅުން ކަމަށާއި ނަމަވެސް ބައެއް ފިރިން އެ ގަދަފަދަ ވެގެންވާ ޢަހުދާ މެދު ފަރުވާކުޑަކޮށް މާތް الله ދެއްވި ނިޢުމަތަށް ފުރަގަސްދީ ކާފިރުވެ، ވަރި މިބަހަށް ފަރުވާ ކުޑަ ކުރާ ކަމަށެވެ.
ބައެއް ފިރިން އަނބިމީހާގެ ބޯމައްޗަށް ދިއްކުރާ ހަތިޔާރަކަށް މި ބަސް ހަދައި، ހުރިހާ ހިނދެއްގައި އަނބިންނަށް އިންޒާރު ދެމުން ގެންދާ ކަމަށާއި ކަނބުލޭގެ މިވެނިކަމެއް ކޮށްފިނަމަ، އަދި މިވެނިކަމެއް ދޫކޮށްލައިފިނަމަ ނުވަތަ މިވެނިތަނަކަށް ގޮސްފިނަމަ ތިއިނީ ވަރިކޮށްފައޭ ބުނާ ކަމަށް ހުތުބާގައި ބުންޏެވެ.
މީގެ އިތުރަށް މައިންބަފައިންނާއި ވާހަކަ ދައްކާ އެ މީހުން ދިރިއުޅޭ ތަނަކަށް ގޮސްފިނަމަ ތިއިނީ ވަރިކޮށްފައޭ ބުނާ ކަމަށާއި މިގޮތުން މަޖަލަކަށް ބުނާ ބަސްބަހުންނާއި އޮޅުވާލުމަށް ބުނާ ބަސްތަކުންނާއި އެނޫން ވެސް ގޮތްގޮތަށް ވަރިކުރާ ކަމަށެވެ. އިސްލާމް ދީނުގައި ވަރިކުރުމުގެ ބާރު ފިރިމީހާއަށް ދީފައިވަނީ ބޭނުންވާ ކޮންމެ ވަގުތަކު އަނބިމީހާއަށް އެބަހުން އިންޒާރު ދިނުމަކަށް ނޫނެވެ.
"ބައެއް މީހުން ދެމަފިރިންގެ މެދުގައި ފިތުނައިގެ އަލިފާން ރޯކުރެއެވެ. މުސްލިމުންގެގޯތި ގެދޮރު ހަލާކުކޮށް، ދެމަފިރިން ދެމެދު ފަސާދަ ކުރެއެވެ. މިކަމުގެ ސަބަބުން ޢާއިލާތައް ބިކަވެ މައިން ބަފައިންގެ ލޯބިން ދަރިން، މަޙްރޫމުވެއެވެ. ދެމަފިރިންގެ މެދުގައިމައްސަލައެއް އުފެދިއްޖެނަމަ އެ މައްސަލައެއް ޙައްލު ކުރާނީ އެދެމަފިރިންނެވެ. ނުވަތަ ދެމަފިރިން އިތުބާރުކުރާ މީހަކާ މަޝްވަރާ ކޮށްގެންނެވެ." - ހުތުބާ
ހުތުބާގައި ބުނެފައިވަނީ ވަރިއަކީ ދަރިން ބިކަވެ،ތަރުބިއްޔަތު ނުކުރެވި، މަގުމަތިވެ މަގުން ކަސިޔާރުވުމުގެ ސަބަބެއް ކަމަށެވެ. ވަރިވުމާއެކުޢާއިލީ ގުޅުންތައް ކެނޑި، ހިތްތަކުގައި ނުރުހުން އުފެދި، ކޮންމެ މީހަކުވެސް އަނެކަކަށްގެއްލުންދީ އޭނާގެ ކިބައިންބަދަލު ހިފުމަށް މަސައްކަތް ކުރާ ކަމަށްވެސް ބުނެފައިވެއެވެ.
ގުޅުންހުރި

މުދައްރިސުން އެ ކުރައްވާ މަސައްކަތަކީ، ނަބީބޭކަލުން ކުރެއްވި ފަދަ މަސައްކަތްޕުޅެއް - ހުތުބާ
.webp&w=3840&q=75)
އިސްލާމީ މުޖުތަމަޢެއް ބިނާކުރުމުގައި އުޚުއްވަތްތެރިކަމާއި، އެއްބައިވަންތަކަމުގެ ދައުރު ވަރަށް ބޮޑު - ހުތުބާ

މަސައްކަތުގައި މަކަރުހަދައި، ފަރުވާކުޑަކޮށް، އިހުމާލުވެއްޖެނަމަ، މަސައްކަތުގެ ބަރަކާތް ކެނޑިދާނެ - ހުތުބާ
