
މަދިރީގެ ޒަރީޔާއިން ޖެހޭ ބަލިތައް އިތުރުވާތީ ވިލިމާލެ، މާލެ އަދި ހުޅުމާލެ ފޮގް ކުރަނީ
# ހުޅުމާޅެ# އާބަންކޯ# މާލެ ސިޓީ# މާލެ ސިޓީ ކައުންސިލް# ވިލިމާލެއާބަންކޯ އިން މީގެ ކުރިން ހުޅުމާލެ ފޮގް ކުރުމުގެ ތެރެއިން
މިދުވަސްވަރު މަދިރީގެ ޒަރީޔާއިން ފެތުރޭ ބަލިތައް އިތުރުވާތީ، މާލެ، ވިލިމާލެ އަދި ހުޅުމާލެ ފޮގް ކުރުމުގެ މަސައްކަތް ކަމާ ބެހޭ އިދާރާތަކުން ފަށައިފިއެވެ.

މި ދުވަސްވަރު ޗިކަންގުންޔާ ފަދަ މަދިރީގެ ޒަރީޔާއިން ފެތުރޭ ބަލިތަށް ދަނީ އިތުރުވަމުންނެވެ. އެގޮތުން ވަކިން ޚާއްސަކޮށް، ޗިކަންގުންޔާގެ ކޭސްތައް މި ދުވަސްވަރު ވަނީ އިތުރުވެފައެވެ.
އެކަމާ ގުޅިގެން މާލެ އަދި ވިލިމާލެ ފޮގް ކުރުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ފަށައިގެން ކުރިއަށްގެންދާއިރު، ހުޅުމާލެ ފޮގް ކުރުމުގެ މަސައްކަތް ކުރިއަށްގެންދަނީ ހައުސިން ޑެވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިންނެވެ.
އެގޮތުން މާލޭ ފޮގް ކުރުމުގެ މަސައްކަތް މި ހަފުތާގައި ފެށިގެން ކުރިއަށްގެންދާއިރު، ވިލިމާލެ ފޮގް ކުރުމުގެ މަސައްކަތް ސިޓީ ކައުންސިލުން ކުރާތާ ދެ ހަފުތާވެއްޖެއެވެ. ހުޅުމާލެ ފޮގް ކުރުމުގެ މަސައްކަތް އެޗްޑީސީން ވެސް ވަނީ ފަށާފައެވެ.
މި ދުވަސްވަރުގެ އިތުރުން ވެސް، އާންމުކޮށް މަދިރީގެ ފަރާތުން ޖެހޭ ބަލިތައް އިތުރުވާ ދުވަސްވަރުތަކުގައި ކަމާބެހޭ އިދާރާތަކުން މާލެ ސަރަހައްދު އަދި ރާއްޖޭގެ އެހެން ކަންކޮޅުތަކުގައި މަދިރި ފޮގް ކުރުމުގެ މަސައްކަތް ކުރިއަށްގެންދެއެވެ. އާންމުކޮށް އެ މަސައްކަތް ކުރަނީ ފަތިހު ގަޑީގެ އިތުރުން، އިރު އޮއްސޭ ގަޑިތަކުގައެވެ.
ގުޅުންހުރި

މާލެ ސިޓީ ކައުންސިލުން 50 ސްކޮލަރޝިޕްގެ ފުރުޞަތު ހުޅުވާލައިފި

މާލެއާއި ވިލިމާލެއިން ކޮންމެ ދުވަހަކު 30 ޓަނަށް ވުރެ ގިނަ ކުނި ނެގޭ: ޢާޒިމް

ހަނި ގޯޅިތަކުގައި މަގު ބައްތި ޖަހައި އަލިކުރުމުގެ މަސައްކަތް ސިޓީ ކައުންސިލުން ފަށައިފި
