
ބޮޑު އީދު ފާހަގަ ކުރުމަށް ޝައުގުވެރިވާ ރަށްރަށުން އެކަމަށް އެދި ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
# އަޟްހާ އީދުއީދު ފާހަގަކުރުމަށް ބޭއްވި ހަރަކާތެއްގެ ތެރެއިން - ފޮޓޯ: ސޯޝަލްމީޑިއާ
ބޮޑު އީދު ފާހަގަ ކުރުމަށް ޝައުގުވެރިވާ ރަށްރަށުން އެކަމަށް އެދި ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މި ފުރުސަތު ހުޅުވާލާފަައިވަނީ މިނިސްޓްރީ އޮފް ދިވެހި ލެންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖް އިން މިއަދު ކުރި އިއުލާނެއްގައެވެ. އެ އިއުލާނުގައި ބުނެފައިވާ ގޮތުގައި އެ ވުޒާރާއާ ގުޅިގެން މިއަހަރުގެ އަޟްޙާ ޢީދު ފާހަގަ ކުރުމަށް ޝައުގުވެރިވާ ރަށްރަށުން އެކަމަށް އެދި ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު މިހާރުު ވަނީ ހުޅުވާލާފައެވެ.
ހުށަހަޅުއްވާ ޕްރޮޕޯޒަލްތަކުގެ ތެރެއިން އަޟްޙާ ޢީދު ފާހަގަކުރާނެ ރަށެއް ކަނޑައެޅުމުގައި ބަލާނީ އަޟްޙާ ޢީދުގައި އެރަށަކުން ކުޅޭނެ ކުޅިވަރުތަކަށާއި، ކައުންސިލުން ކުރައްވާނެ ޚަރަދުތަކާއި، އަދި އަގެއް ނުނަންގަވާ އެރަށަކުން ކޮށްދެއްވާނެ ކަންތައްތަކުގެ މައްޗަށް ބަލައިގެން ކަމަށްވެސް އެއިއުލާނުގައި ބުނެފައިވެއެވެ.
އެވުޒާރާއިން ކުރި އިއުލާނުގައި ބުނެފައިވާ ގޮތުގައި އެވުޒާރާގެ ފަރާތުން މިއަހަރުގެ އަޟްޙާ ޢީދު ފާހަގަކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ ތިން ރަށެއްގައި ކަމަށެވެ. މިގޮތުން ތިން ރަށެއް ކަނޑައެޅުމަށް ހަމަޖެހިފައިވަނީ ހުށަހަޅާ ޕްރޮޕޯސަލްތައް މި ވުޒާރާގެ ފަރާތުން ބެލުމަށްފަހު އެންމެ ރަނގަޅު ތިން ޕްރޮޕޯސަލެއް ހުށަހަޅުއްވާ ތިން ރަށެކެވެ.
މިނިސްޓްރީ އޮފް ދިވެހި ލެންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖް އާ ގުޅިގެން އަޟްހާ އީދު ފާހަގަކުރުމަށް ބޭނުންވާ ރަށްރަށުން ޕްރޮޕޯޒަލް ތައްޔާރުކުރެއްވުމަށްފަހު 9 މޭ 2024 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ޕްރޮޕޯޒަލް ހުށަހަޅަންވާނެއެވެެ.
ގުޅުންހުރި

މިޢީދަކީ ރައްޔިތުންގެ މެދުގައި އެކުވެރިކަން އާލާވެގެންދާ ޢީދަކަށް ހެދުމަށް ޢާޒިމް އެދިވަޑައިގެންފި

ޢީދު ބަންދުގައިވެސް އިޖުތިމާޢީ ވުޒާރާގެ ހޮޓްލައިންތަކުން ޚިދުމަތް ލިބިވަޑައިގަންނަވާނެ!

މާލެ ސަރަހައްދުގައި ވެސް ގައުމީ ފެންވަރުގައި އީދު ފާހަގަކުރާނެ!
