logoEN
cocacola
މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެސްޓީއޯއަށް 195 މިލިއަން ރުފިޔާގެ ފައިދާއެއް

މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެސްޓީއޯއަށް 195 މިލިއަން ރުފިޔާގެ ފައިދާއެއް

# އެސްޓީއޯ

އެސްޓީއޯގެ މައި އޮފީސް އިމާރަތް

މި އަހަރުގެ ފުރަތަމަ ކުއާޓާރުގައި ސަރުކާރުގައި މައި ވިޔަފާރި ކުންފުނި، ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)އަށް 195 މިލިއަން ރުފިޔާގެ ފައިދާއެއް ލިބިއްޖެއެވެ.

ގޮސިޔާ

އެސްޓީއޯ އިން އާންމުކުރި އެ ކުންފުނީގެ މާލީ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން އެ ކުންފުންޏަށް 4.49 ބިލިއަން ރުފިޔާގެ އާމްދަނީއެއް އެ ކުއާޓަރުގައި ލިބުނެވެ. އެ އާމްދަނީ އަކީ އޭގެ ކުރީގެ ކުއާޓަރުގައި ލިބުނު އާމްދަނީއަށް ވުރެ 12 އިންސައްތަ އިތުރު އާމްދަނީއަކަށް ވެފައި، އޭގެ ކުރީގެ ހަތަރު ކުއާޓަރުގައި ވެސް އެ ކުންފުންޏަށް ލިބިފައިނުވާ ވަރުގެ ބޮޑު އާމްދަނީއެކެވެ.

އެގޮތުން މީގެ ކުރީގެ ހަތަރު ކުއާޓަރުގައި އެކުންފުންޏަށް ލިބުނު އާމްދަނީތަކަކީ:

  1. މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓާރުގައި 4.40 ބިލިއަން ރުފިޔާ
  2. މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރުގައު 3.78 ބިލިއަން ރުފިޔާ
  3. މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރުގައި 4.13 ބިލިއަން ރުފިޔާ
  4. މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި 4.01 ބިލިއަން ރުފިޔާ

އެސްޓީއޯގެ އާމްދަނީ އިތުރުވެފައިވާއިރު، އާމްދަނީ އިތުރުވުމުގެ އެންމެ މައިގަނޑު ސަބަބަކީ އެކުންފުނިން ވިއްކު ތެލުގެ އަދަދު އިތުރުވުމާއި، އެކުންފުނީގެ އެހެނިހެން ވިޔަފާރިތައް ރަނގަޅުވުމެވެ.

މިއާއެކު އެކުންފުނީގެ ހިންގުމުގެ ފައިދާ ވެސް މިދިޔަ ކުއާޓަރުގައި ވަނީ އިތުރުވެފައެވެ. އެގޮތުން މިދިޔަ އަހަރުގެ ފަހު ކުއާޓަރުުގައި ހިންގުމުގެ ފައިދާގެ ގޮތުގައި އެކުންފުންނަށް 259 މިލިއަން ރުފިޔާ ލިބުނު އިރު، މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެ ކުންފުންޏަށް 308 މިލިއަން ރުފިޔާ ވަނީ ހިންގުމުގެ ފައިދާގެ ގޮތުގައި ލިބިފައެވެ. މިއީ އޭގެ ކުރީގެ ކުއާޓަރާ އަޅާބަލާއިރު 19 އިންސައްތައިގެ ކުރިއެރުމެކެވެ.

އަދި ޓެކުހަށް ކެނޑުމަށްފަހު ކުންފުންނީގެ މުޅި ޖުމްލަ ފައިދާ ވެސް 195 މިލިއަނަށް ވަނީ އިތުރުވެފައެވެ. އޭގެ ކުރީގެ ކުއާޓަރުގައި އެކުންފުންޏަށް ޖުމްލަ ފައިދާގެ ގޮތުގައި ލިބުނީ 183 މިލިއަން ރުފިޔާއެވެ. ޓެކުހަށް ކެނޑުމުގެ ކުރިން އެކުންފުނީގެ ފައިދާ ހުރީ 235 މިލިއަން ރުފިޔާގައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ