
ރާއްޖޭގެ ބާޒާރުގައި ފިޔާގެ ދަތިކަން ހުރުމުން އެސްޓީއޯ މެދުވެރިކޮށް އަންނަ ހަފްތާގައި ފިޔާ ޝިޕްމެންޓެއް ގެންނަނީ
# އެސްޓީއޯ# ހީނާ ވަލީދު--
ރާއްޖޭގެ ބާޒާރުގައި ފިޔާ ލިބުމުގައި ދަތިކަން ހުރުމުން އެސްޓީއޯ މެދުވެރިކޮށް އަންނަ ހަފްތާގައި ފިޔާ ޝިޕްމެންޓެއް ގެންނަން ނިންމާފައިވާ ކަން ސަރުކާރުން ހާމަކޮށްފި އެވެ.

މިއަދު ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ސަރުކާރުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ ރާއްޖެއަށް ފިޔާ އެތެރެކުރާ މިންވަރު މަދުވެ ފިޔާގެ އަގުބޮޑުވެފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި ފިޔާ އެތެރެކުރާ މިންވަރު މަދުވާން މެދުވެރިވީ، އިންޑިއާއިން ފިޔާ އެކްސްޕޯޓުކުރާ މިންވަރު ވެސް މަދުވުމުންކަން ހީނާ ފާހަގަކުރެއްވިއެވެ.
މިކަން ހައްލުކުރަން ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށާއި ބާޒާރުގައި އަސާސީ މުދަލުގެ ބާވަތެއް މަދުވެގެން އުޅޭ ކަމަށް ފާހަގަކުރެވޭނަމަ އެ މުދަލެއް ރައްޔިތުންނާ ހަމައަށް ފޯރުކޮށްދޭން ސަރުކާރުން އަބަދުވެސް އިސްވެ މަސައްކަތް ކުރާނެ ކަން ހީނާ ފާހަގަކުރެއްވި އެވެ.
އެގޮތުން އިކޮނޮމިކް މިފަދަ ހާލަތެއް ކުރިމަތިވެއްޖެ ނަމަ، އެކަން ބެލުމަށް އިކޮނޮމިކް މިނިސްޓްރީ އާއި އެސްޓީއޯއާ އެކުގައި ވަކި ޓީކޮމެޓީއެއް އެކުލަވާލާފައިވާ ކަމަށާއި ކޮމިޓީގެ ފަރާތުން އެ މައްސަލަ ހައްލުކުރަން މަސައްކަތް ކުރާ ކަމަށް ހީނާ ވިދާޅުވިއެވެ.
ފިޔާގެ މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި އަންނަ ހަފްތާގެ ހޮނިހިރު ނުވަތަ އާދީއްތާގައި އެސްޓީއޯ މެދުވެރިކޮށް ރާއްޖެ އަށް އިތުރަށް ފިޔާ ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ހީނާ ވިދާޅުވި އެވެ.
ރާއްޖޭގެ ބާޒާރުގައި ފިޔާ ކިލޯއެއްގެ އަގު ދާދި ފަހުން 50 ރުފިޔާއަށް އަރާފައި އެވެ. ވިޔަފާރިވެރިންވެސް ބުނާގޮތުގައި ފިޔާ ލިބުން ދަތިވެފައިވަނީ ފިޔާ އެތެރެކުރާ ގައުމުތަކުން ޑިމާންޑާއި އެއްވަރަށް ފިޔާ ނުލިބޭތީ އެވެ.
ގުޅުންހުރި

އެސްޓީއޯއާއި މަކިޓާގެ 25 އަހަރުގެ ގުޅުން ކުލަގަދަކޮށް ފާހަގަކޮށްފި

އެސްޓީއޯއިން ވިއްކަމުން ގެންދާ މަޝްހޫރު ޑެވޮންޑޭލަށް ހާއްސަ ކޮށްގެން ޕްރޮމޯޝަނެއް!

ގިނަ ޕްރޮޑަކްޓުތަކަކުން %35 އާ ހަމައަށް ޑިސްކައުންޓް ލިބޭ އެސްޓީއޯ "މެގަ ސޭލް ޕްރޮމޯޝަން" ފަށައިފި
