logoEN
cocacola
އަމާޒަކީ ލަގްޒަރީ އަދި ބޮޑެތި ފައިދާ ލިބޭނެ އުޅަނދުތަކަށް ބަންކަރިންގ ގެ ޚިދުމަތް ދިނުން: ޝިމާދު

އަމާޒަކީ ލަގްޒަރީ އަދި ބޮޑެތި ފައިދާ ލިބޭނެ އުޅަނދުތަކަށް ބަންކަރިންގ ގެ ޚިދުމަތް ދިނުން: ޝިމާދު

އަހުމަދު ޝުރާއު

logo

9/19/2024, 1:54:29 PM

# އެސްޓީއޯ

--

މިއަދު ރާއްޖޭގައި ފެށީ ބަންކަރިންގ ހިދުމަތުގެ ތެރެއިން އެސްޓީއޯއިން އަމާޒު ހިފަނީ އެހިދުމަތް ލަގްޒަރީ ބޮޑެތި ފައިދާ ލިބޭނެ އުޅަނދުތަކަށް ޓާގެޓްކޮށްގެން ދޭން ކަމަށް އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރު ޝިމާދު އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ގޮސިޔާ

ޝިމާދު މިފަދައިން ވިދާޅުވީ ބަންކަރިންގ ހިދުމަތް ރަސްމީކޮށް ފެށުމަށް މިއަދު ހަވީރު ހއ ހޯރަފުށީގައި އޮތް ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޝިމާދު ވިދާޅުވީ ދާއިރާގައި ގިނަ އަހަރުތަކެއް ތަޖުރިބާހުރި ވިޓޯލް ކުންފުންޏާއެކު ހަ މަސް ދުވަހުގެ ތެރޭގައި ބަންކަރިންގެ ޚިދުމަތް ފަށާފައިވާއިރު ފުރަތަމަ ފޯރުކޮށްދެނީ ޑީސަލާއި ލޯ ސަލްފާ ފިޔުލްކަމަށެވެ. އަދި ވިޓޯލުން މި ޚިދުމަތް މާކެޓް ކުރަން ފެށުމުން ގިނަ ބަޔަކު ޚިދުމަތަށް އެދެމުންދަކަން ފާހަގަކުރައްވައި ޝިމާދު ވިދާޅުވީ ދެ ކުންފުނީގެ އަމާޒަކީވެސް ރާއްޖޭގެ ސަރަހައްދުން ދަތުރުކުރާ ލަގްޒަރީ އުޅަނދުތަކަށް ޚިދުމަތް ދިނުމަށްކަމަށެވެ.

" މާނައަކީ އަޅުގަނޑުމެންނަށް ބޮޑެތި ފައިދާ ލިބޭނެ ވެސަލްތަކަށް ޓާގެޓްކޮށް އެ ވެސަލްތަކަށް ސާވިސް ދިނުން،" ޝިމާދު ވިދާޅުވި އެވެ.

ޝިމާދު ވަނީ މި ހިދުމަތް ފަށާފައިވަނީ ޒީރޯ ކެޕިޓަލްއިން ކަމަށް ވިދާޅުވެފައި އެވެ. އެގޮތުން އެއީ މިހިދުމަތަށް އެކުންފުންޏާއި އެކު ސޮއިކުރި ވިޓޯލްއާ އެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ނިންމާފައިވާ ގޮތް ކަމަށާއި ވިޓޯލްއިން ކާގޯ ފޯރުކޮށްދީ އެތަކެތި ވިއްކުމަށްޓަކައި އެހީތެރިވެދޭނެ ކަމަށް ކަމަށް ޝިމާދު ވިދާޅުވިއެވެ. މިއާއި އެކު އެ ކާގޯ ވިއްކައިގެން ލިބޭ ފައިސާއިން ވިޓޯލްއަށް ހޭދަކުރަމުންދާނެ ކަމަށްވެސް ޝިމާދު ފާހަގަކުރެއްވި އެވެ.

މިއަދު ފެށުނު އޮފް ޝޯކޮށް ބަންކަރިންގެ ޚިދުމަތް ފެށުމަކީ ދާއިމީ ހައްލެއް ނޫންކަން ފާހަގަކުރައްވައި ޝިމާދު ވިދާޅުވީ މި ޚިދުމަތް ދިނުމަށް މުސްތަގުބަލުގައި ބިން ހިއްކައިގެން، ރަނގަޅު ފިޔުލް ފާމްތަކަކާއި ޕޯޓެއް ތަރައްގީކޮށް ޒަމާނީ ފެންވަރުގެ ވަސީލްތަތްތައް ގާއިމްކުރާނެ ކަމަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ