logoEN
cocacola
ފަސޭހަކަމައެކު މަސްއޮޑި ބަލިކޮށް ގުރޫޕްގެ އެއްވަނަ  ޓީއެންޓީ އިން ކަށަވަރުކޮށްފި

ފަސޭހަކަމައެކު މަސްއޮޑި ބަލިކޮށް ގުރޫޕްގެ އެއްވަނަ ޓީއެންޓީ އިން ކަށަވަރުކޮށްފި

ހަސަން ޝަމްއޫން

logo

5/1/2024, 12:20:00 AM

# ޓީއެންޓީ 23 އަހަރުން ދަށުގެ ފުޓްސަލް ޗެލެންޖު 2024# ފުޓްސަލް# ދިވެހި ކުލިވަރު

މަސްއޮޑި ޓައިޓެންސް އާއި ކުލަބު ޓީއެންޓީ ވާދަކުރި މެޗުގެ ތެރެއިން.. ފޮޓޯ: ގާފު ސްޕޯޓްސް / އާހިލް

އިލާލާ ޓީއެންޓީ 23 އަހަރުން ދަށުގެ ފުޓްސަލް ޗެލެންޖް 2024 ގެ ގްރޫޕް ބީގައި މިރޭ ކުޅެވުނު ހަތަރުވަނަ މެޗުގައި ކުލަބު ޓީއެންޓީ އާއި މަސްއޮޑި ޓައިޓެންސް ވާދަކުރި މެޗު ފަސޭހަކަމާއެކު 6-2 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ޓީއެންޓީ އިން ގުރޫޕްގެ އެއްވަނަ ކަށަވަރުކޮށްފި އެވެ

ގޮސިޔާ

މުބަރާތުގައި ކުލަބު ޓީއެންޓީ އިން ކުޅުނު ފުރަތަމަ މެޗުގައި 4-3 ގެ ނަތީޖާއަކުން ރެމްޕޭޖު އަތުން މޮޅުވިއިރު، ދެވަނަ މެޗުގައި ބީސްޓް އެފްސީ އަތުން ވެސް އެޓީމު މޮޅުވެފައި ވަނީ 4-3 ގެ ނަތީޖާއަކުންނެވެ. އަދި އެޓީމުގެ ތިންވަނަ މެޗުގައި ވަކަރުގޭ ފީނިކްސް އަތުން މޮޅުވީ 5-1 ގެ ނަތީޖާއަކުން ނެވެ.

މުބާރާތުގައި މަސްއޮޑި ޓައިޓެންސް ކުޅުނު ފުރަތަމަ މެޗުގައި ފަސޭހަކަމާއެކު 5-1 ގެ ނަތީޖާއަކުން ވަކަރުގޭ ފީނިކްސް އަތުން މޮޅުވި ނަމަވެސް ދެވަނަ މެޗުގައި ރެމްޕޭޖް އަތުން އެޓީމު ވަނީ 1-0 ގެ ނަތީޖާއަކުން ބަލިވެފައެވެ. އަދި އެޓީމުގެ ތިނަވަނަ މެޗުގައި ބީސްޓް އެފްސީ އަތުން ބަލިވީ 4-2 ގެ ނަތީޖާއަކުންނެވެ.

މެޗުގެ ފުރަތަމަ ހާފު 2-1 ގެ ނަތީޖައަކުން ކުލަބު ޓީއެންޓީ ކުރީގައި އޮވެގެން ނިމުނުއިރު، ދެވަނަ ހާފުގައި ޓީއެންޓީ އިން ވަނީ އިތުރު ހަތަރު ލަނޑު ކާމިޔާބުކޮށްފައެވެ. އަދި މިހާފުގައި ވެސް މަސްއޮޑިން ވަނީ އިތުރު އެއްލަނޑު ކާމިޔާބުކޮށްފައެވެ. އެގޮތުން މިމެޗުގައި މަސްއޮޑި ޓީމުގެ ކީޕަރު މުހައްމަދު ރާއިފް ފަޒީލް އަދި ފަހުމާން އަބްދުލްހަމީދު މިއިން ކޮންމެ ކުޅުންތެރިއެއް ވަނީ އެއްލަނޑު ކާމިޔާބުކޮށްފައެވެ.

މީގެ އިތުރުން މިމެޗުގައި ކުލަބު ޓީއެންޓީގެ އަހުމަދު ބައްސާމު އަދި މުހައްމަދު އިޔާދު އަލީ މިއިން ކޮންމެ ކުޅުންތެރިއެއް ވަނީ ދެލަނޑު ކާމިޔާބުކުރިއިރު، އެޓީމުގެ އަލީ ހުމޭޒު އަދި އަލްސަން މިއިން ކޮންމެ ކުޅުންތެރިއެއް ވަނީ އެއްލަނޑު ކާމިޔާބުކޮށްފައެވެ. އަދި މިމެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވުނީ ޓީއެންޓީގެ އަހުމަދު ބައްސާމު އެވެ.

މިމެޗުން ލިބުނު ތިން ޕޮއިންޓާއެކު ގުރޫޕް ސްޓޭޖުގައި ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެ، 12 ޕޮއިންޓާއެކު ޓީއެންްޓީ އިން ކުއާޓާގެ ފުރުސަތު ހޯދީ ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. އަދި މިމެޗުން ބަލިވި މަސްއޮޑިން މުބާރާތް ނިންނާލީ ކުޅުނު ހަތަރު މެޗުން ލިބުނު ތިން ޕޮއިންޓާއެކު ގުރޫޕްގެ ހަތަރުވަނައިގައި އޮވެއެވެ

ޓީއެންޓީ ގެ ފަރާތުން އިންތިޒާމުކޮށްގެން މިމަހުގެ 25 އިން މެއި މަހުގެ 4 ގެ ނިޔަލަށް މާލޭ ސިޓީގައި ކުރިއަށް ގެންދާ މި މުބާރާތަކީ މުޅި ރާއްޖެއަށް ހުޅުވާލެވިގެން ބޭއްވޭ 23 އަހަރުން ދަށުގެ އެންމެ ބޮޑު ފުޓްސަލް މުބާރާތެވެ.

ޗެންޕިއަން ޓީމަށް 20،000 އަދި ރަނަރަޕް ޓީމަށް 7،500 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާ މިއަހަރުގެ މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ބައިވެރި 20 ޓީމު ހަތަރު ގުރޫޕަކަށް ބަހާލައިގެންނެވެ. ކޮންމެ ގުރޫޕަކުން އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމު ކުއާޓާ ފައިނަލަށް ހޮވޭ ގޮތަށެވެ. އަދި މުބާރާތުގެ ހުރިހާ މެޗެއް ވެސް ކުޅުމަށް ހަމަޖެހިފައިވަނީ ޕީކޭ ފުޓްސަލް ދަނޑުގައެވެ. އަދި މީގެ އިތުރުން މިމުބާރާތުގެ ކުއާޓާ ފައިނަލުން ފެށިގެން ހުރިހާ މެޗެއް ޓީއެންޓީ ފޭސްބުކް ޕޭޖް އަދި ޔޫޓިއުބް ޗެނަލް މެދުވެރިކޮށް ވަގުތުން ދެއްކުމަށް ވަނީ ހަމަޖެހިފައެވެ.

މިމުބާރާތުގެ މެއިން ސްޕޮންސަރ ގެ ގޮތުގައި އިލާލާ ހަމަޖައްސާފައިވާއިރު، މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ގާފު ސްޕޯޓްސް އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ