logoEN
cocacola
ފަހަތުން އަރައި ވަކަރުގޭ ފީނިކްސް ބަލިކޮށް ރެމްޕޭޖުން މުބާރާތް ނިންމާލީ މޮޅަކާއެކު

ފަހަތުން އަރައި ވަކަރުގޭ ފީނިކްސް ބަލިކޮށް ރެމްޕޭޖުން މުބާރާތް ނިންމާލީ މޮޅަކާއެކު

ހަސަން ޝަމްއޫން

logo

5/1/2024, 12:00:00 AM

# ދިވެހި ކުޅިވަރު # ޓީއެންޓީ 23 އަހަރުން ދަށުގެ ފުޓްސަލް ޗެލެންޖު 2024# ފުޓްސަލް

ވަކަރުގޭ ފީނިކްސް އާއި ރެމްޕޭޖު ވާދަކުރި މެޗުގެ ތެރެއިން... ފޮޓޯ: ގާފު ސްޕޯޓްސް / އާހިލް

އިލާލާ ޓީއެންޓީ 23 އަހަރުން ދަށުގެ ފުޓްސަލް ޗެލެންޖް 2024 ގެ ގްރޫޕް ބީގައި މިރޭ ކުޅެވުނު ތިންވަނަ މެޗުގައި ވަކަރުގޭ ފީނިކްސް އާއި ރެމްޕޭޖު ވާދަކުރި މެޗު ފަހަތުން އަރައި 4-3 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ރެމްޕޭޖުން މުބާރާތް ނިންމާލީ މޮޅަކާއެކު އެވެ.

ގޮސިޔާ

މުބާރާތުގައި ރެމްޕޭޖުން ކުޅުނު ފުރަތަމަ މެޗުގައި ބީސްޓް އެފްސީ އަތުން 5-3 ގެ ނަތީޖާއަކުން އެޓީމު ބަލިވެފައިވާއިރު، ދެވަނަ މެޗުގައި ކުލަބު ޓީއެންޓީ އަތުން އެޓީމު ބަލިވީ 4-3 ގެ ނަތީޖާއަކުންނެވެ. ނަމަވެސް އެޓީމުގެ ތިންވަނަ މެޗުގައި ވާދަވެރި ކުޅުމަކަށްފަހު 1-0 ގެ ނަތީޖާއަކުން މަސްއޮޑި ޓައިޓެންސް އަތުން ރެމްޕޭޖު ވަނީ މޮޅުވެފައެވެ.

މުބާރާތުގައި ވަކަރުގޭ ފީނިކްސް ކުޅުނު ފުރަތަމަ މެޗުގައި މަސްއޮޑި ޓައިޓެންސް އަތުން 5-1 ގެ ނަތީޖާއަކުން އެޓީމު ބަލިވިއިރު، ދެވަނަ މެޗުގައި ބީސްޓް އެފްސީ އަތުން އެޓީމު ބަލިވީ 2-0 ގެ ނަތީޖާއަކުންނެވެ. އަދި އެޓީމުގެ ތިންވަނަ މެޗުގައި ކުލަބު ޓީއެންޓީ އަތުން ބަލިވީ ވެސް 5-1 ގެ ނަތީޖާއަކުންނެވެ.

މިމެޗަށް ނުކުތްއިރު ދެޓީމަށް ވެސް މުބާރާތުގައި އިތުރަށް ކުރިއަށް ދިއުމުގެ ފުރުސަތު ގެއްލިފައިވާއިރު، މެޗުގެ ފުރަތަމަ ހާފު ނިމުނީ 2-0 ގެނަތީޖާއަކުން ވަކަރުގޭ ފީނިކްސް ކުރީގައި އޮވެގެންނެވެ. ނަމަވެސް މެޗުގެ ދެވަނަ ހާފުގައި ރެމްޕޭޖުން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ.

ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފުގައި އެޓީމުން ހަތަރު ލަނޑު ކާމިޔާބުކުރިއިރު، ވަކަރުގޭ ފީނިކްސް އަށް މިހާފުގައި ކާމިޔާބުކުރެވުނީ އެންމެ ލަނޑެކެވެ. އެގޮތުން މިމެޗުގައި ވަކަރުގޭ ފީނިކްސް ގެ މުހައްމަދު މާއިސް އަލީ، އަބްދުﷲ ރިޒާން މުހައްމަދު ގެ އިތުރުން ހުސެއިން އިޔާސް ސައީދު މިއިން ކޮންމެ ކުޅުންތެރިއެއް ވަނީ އެއްލަނޑު ކާމިޔާބުކޮށްފައެވެ.

މީގެ އިތުރުން މިމެޗުގައި ރެމްޕޭޖުގެ މުހައްމަދު މިދުހަތު ދެލަނޑު ކާމިޔާބުކުރިއިރު، އެޓީމުގެ އަބްދުﷲ ރަވާހް ވަނީ އެއްލަނޑު ކާމިޔާބުކޮށްފަ އެވެ. އަދި އެޓީމުގެ އަނެއް ލަނޑަކީ ވަކަރުގޭ ފީނިކްސްގެ ކީޕަރު އިބްރާހިމް ފައިރޫޝް ފައިސަލު އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އަދި މިމެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވުނީ ރެމްޕޭޖުގެ މުހައްމަދު މިދުހަތު އެވެ.

މިމެޗުން ލިބުނު ތިން ޕޮއިންޓާއެކު ގުރޫޕް ސްޓޭޖުގައި ކުޅުނު ހަތަރު މެޗުން ލިބުނު 6 ޕޮއިންޓް ހަމަކޮށް ރެމްޕޭޖުން މުބާރާތް ނިންމާލީ ގުރޫޕްގެ ތިންވަނައިގައެވެ. އަދި މިމެޗުން ބަލިވި ވަކަރުގޭ ފީނިކްސް ކުޅުނު ހަތަރު މެޗުން ވެސް ބަލިވެ އެޓީމުން މުބާރާތް ނިންމާލީ ގުރޫޕްގެ ފުލުގައި އޮވެއެވެ.

މުބާރާތުގައި ރެމްޕޭޖުން ކުޅުނު ފުރަތަމަ މެޗުގައި ބީސްޓް އެފްސީ އަތުން 5-3 ގެ ނަތީޖާއަކުން އެޓީމު ބަލިވެފައިވާއިރު، ދެވަނަ މެޗުގައި ކުލަބު ޓީއެންޓީ އަތުން އެޓީމު ބަލިވީ 4-3 ގެ ނަތީޖާއަކުންނެވެ. ނަމަވެސް އެޓީމުގެ ތިންވަނަ މެޗުގައި ވާދަވެރި ކުޅުމަކަށްފަހު 1-0 ގެ ނަތީޖާއަކުން މަސްއޮޑި ޓައިޓެންސް އަތުން ރެމްޕޭޖު ވަނީ މޮޅުވެފައެވެ.

ޓީއެންޓީ ގެ ފަރާތުން އިންތިޒާމުކޮށްގެން މިމަހުގެ 25 އިން މެއި މަހުގެ 4 ގެ ނިޔަލަށް މާލޭ ސިޓީގައި ކުރިއަށް ގެންދާ މި މުބާރާތަކީ މުޅި ރާއްޖެއަށް ހުޅުވާލެވިގެން ބޭއްވޭ 23 އަހަރުން ދަށުގެ އެންމެ ބޮޑު ފުޓްސަލް މުބާރާތެވެ.

ޗެންޕިއަން ޓީމަށް 20،000 އަދި ރަނަރަޕް ޓީމަށް 7،500 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާ މިއަހަރުގެ މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ބައިވެރި 20 ޓީމު ހަތަރު ގުރޫޕަކަށް ބަހާލައިގެންނެވެ. ކޮންމެ ގުރޫޕަކުން އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމު ކުއާޓާ ފައިނަލަށް ހޮވޭ ގޮތަށެވެ. އަދި މުބާރާތުގެ ހުރިހާ މެޗެއް ވެސް ކުޅުމަށް ހަމަޖެހިފައިވަނީ ޕީކޭ ފުޓްސަލް ދަނޑުގައެވެ. އަދި މީގެ އިތުރުން މިމުބާރާތުގެ ކުއާޓާ ފައިނަލުން ފެށިގެން ހުރިހާ މެޗެއް ޓީއެންޓީ ފޭސްބުކް ޕޭޖް އަދި ޔޫޓިއުބް ޗެނަލް މެދުވެރިކޮށް ވަގުތުން ދެއްކުމަށް ވަނީ ހަމަޖެހިފައެވެ.

މިމުބާރާތުގެ މެއިން ސްޕޮންސަރ ގެ ގޮތުގައި އިލާލާ ހަމަޖައްސާފައިވާއިރު، މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ގާފު ސްޕޯޓްސް އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ