logoEN
cocacola
ޔޫތު އެސްސީ ބަލިކޮށް ޓީވައިއީއެސް އިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފި

ޔޫތު އެސްސީ ބަލިކޮށް ޓީވައިއީއެސް އިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފި

ހަސަން ޝަމްއޫން

logo

5/16/2024, 1:44:27 PM

# ހޭންޑްބޯޅަ# ދިވެހި ކުޅިވަރު # ވެމްކޯ ހޭންޑްބޯލް މޯލްޑިވްސް ޗެންޕިއަންޝިޕް 2024# ހޭންޑްބޯލް މޯލްޑިވްސް

ޓީވައިއީއެސް އާއި ޔޫތު ސްޕޯޓްސް ކުލަބު ވާދަކުރި މެޗުގެ ތެރެއިން.. ފޮޓޯ: ގާފު ސްޕޯޓްސް / ހުސެއިން

ވަނަ ވެމްކޯ ހޭންޑްބޯޅަ މޯލްޑިވްސް ޗެންޕިއަންޝިޕް 2024 ގެ އަންހެން ޑިވިޝަން ގުރޫޕް ޑީގައި މިއަދު ހަވީރު ޓީވައިއީއެސް އާއި ޔޫތު ސްޕޯޓްސް ކުލަބު ވާދަކުރި މެޗު 16-30 ގެ ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެ ޓީވައިއީއެސް އިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފިއެވެ.

ގޮސިޔާ

މިމެޗުގެ ފުރަތަމަ ހާފު 15-5 ގެ ނަތީޖާއަކުން ޓީވައިއީއެސް ކުރީގައި އޮވެގެން ނިމުނުއިރު، ދެވަނަ ހާފުގައި ދެޓީމުގެ ފަރާތުން ވަނީ ވަރަށް ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައެވެ. އެގޮތުން ދެވަނަ ހާފުގައި ޓީވައިއީއެސް އިން އިތުރު 15 ލަނޑު ކާމިޔާބުކުރިއިރު، ޔޫތުން ވަނީ މިހާފުގައި 11 ލަނޑު ކާމިޔާބުކޮށްފައެވެ.

undefinedޓީވައިއީއެސް އާއި ޔޫތު ސްޕޯޓްސް ކުލަބު ވާދަކުރި މެޗުގެ ތެރެއިން.. ފޮޓޯ: ހުސެއިން

މިމެޗުގައި ޓީވައިއީއެސްގެ ޒުހާ ހުސެއިން ހަތް ލަނޑު ކާމިޔާބުކުރިއިރު، ރިޒުނާ މުހައްމަދު ހައެއް އަދި އާމިނަތު އިބާ އިބްރާހިމް ވަނީ ފަސް ލަނޑު ކާމިޔާބުކޮށްފައެވެ. މީގެ އިތުރުން އެޓީމުގެ ޝިޒްނާ ރަޝީދު، އާމިނަތު ފަޒްލާ، ނަޒުމާ އަހުމަދު، ޒުހާ ރަޝީދު، ކައުސަރު އާދަމް ސައީދު މިއިން ކޮންމެ ކުޅުންތެރިއެއް ދެލަނޑު ކާމިޔާބުކުރިއިރު، އެޓީމުގެ އާމިނަތު ހިލްޔާ ހިލްމީ އަދި އައިޝަތު ރާނާ ނަސީރު މިއިން ކޮންމެ ކުޅުންތެރިއެއް ވަނީ އެއްލަނޑު ކާމިޔާބުކޮށްފައެވެ.

undefinedޓީވައިއީއެސް އާއި ޔޫތު ސްޕޯޓްސް ކުލަބު ވާދަކުރި މެޗުގެ ތެރެއިން.. ފޮޓޯ: ގާފު ސްޕޯޓްސް / ހުސެއިން

މީގެ އިތުރުން މިމެޗުގައި ޔޫތު ސްޕޯޓްސް ކުލަބުގެ މަރިޔަމް މަލްސާ ޝަމީމް އަދި ފާތިމަތު ޝިފާނާ މިއިން ކޮންމެ ކުޅުންތެރިއެއް ތިން ލަނޑު ކާމިޔާބުކުރި އިރު، އެޓީމުގެ ފާތިމަތު އުސާމާ، ފާތިމަތު ނިއުޝާ، އާމިނަތު އާޝާ ރަޝީދު އަދި މީފާ ބިންތު މަޖީދު މިއިން ކޮންމެ ކުޅުންތެރިއެއް ވަނީ ދެ ލަނޑު ކާމިޔާބުކޮށްފައެވެ.

undefinedޓީވައިއީއެސް އާއި ޔޫތު ސްޕޯޓްސް ކުލަބު ވާދަކުރި މެޗުގެ ތެރެއިން.. ފޮޓޯ: ގާފު ސްޕޯޓްސް / ހުސެއިން

މީގެ އިތުރުން އެޓީމުގެ އައިޝަތު އީޝަލް ރަޝީދު އަދި އައިޝަތު ރަފާ އަހުމަދު މިއިން ކޮންމެ ކުޅުންތެރިއެއް ވަނީ އެއް ލަނޑުކާމިޔާބުކޮށްފަ އެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރުއިއަކަށް ހޮވުނީ ޓީވައިއީއެސްގެ ޝިޒްނާ ރަޝީދު އެވެ.

މިއަހަރުގެ ހޭންޑްބޯލް މޯލްޑިވްސް ޗެންޕިއަންޝިޕްގެ އަންހެން ޑިވިޝަނުގައި 16 ޓީމު ބައިވެރިވެފައިވާއިރު، މުބާރާތް ކުރިއަށް ދަނީ ބައިވެރިވި 16 ޓީމު ހަތަރު ގުރޫޕަކަށް ބަހާލައިގެންނެވެ. ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމު މުބާރާތުގެ ކުއާޓާ ފައިނަލަށް ހޮވޭއިރު، ކުއާޓާ ފައިނަލުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 30 އަދި 31 ވަނަ ދުވަހުގެ ރޭ އެވެ. އަދި ސެމީ ފައިނަލް ދެމެޗު ޖޫން ދެވަނަ ދުވަހު ކުޅުމަށް ތާވަލުކުރެވިފައިވައިރު، ފައިނަލް މެޗު ކުޅުމަށް ތާވަލު ކުރެވިފައިވަނީ ޖޫން މަހުގެ ހަވަނަ ދުވަހުގެ ރޭ އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ