logoEN
cocacola
ފުރަތަމަ މެޗުގައި ވަކަންޑާ އަތުން  ފިއުޗާ ސްޕޯޓްސް ކުލަބު އެކަޑެމީއަށް ފަސޭހަ މޮޅެއް

ފުރަތަމަ މެޗުގައި ވަކަންޑާ އަތުން ފިއުޗާ ސްޕޯޓްސް ކުލަބު އެކަޑެމީއަށް ފަސޭހަ މޮޅެއް

ހަސަން ޝަމްއޫން

logo

5/16/2024, 5:04:37 PM

# ހޭންޑްބޯޅަ# ހޭންޑްބޯލް މޯލްޑިވްސް# ދިވެހި ކުޅިވަރު # ވެމްކޯ ހޭންޑްބޯލް މޯލްޑިވްސް ޗެންޕިއަންޝިޕް 2024

ވަކަންޑާ ސްޕޯޓްސް ކުލަބާއި ފިއުޗާ ސްޕޯޓްސް ކުލަބު އެކަޑެމީ ވާދަކުރި މެޗުގެ ތެރެއިން.. ފޮޓޯ: ގާފު ސްޕޯޓްސް / ހުސެއިން

7 ވަނަ ވެމްކޯ ހޭންޑްބޯޅަ މޯލްޑިވްސް ޗެންޕިއަންޝިޕް 2024 ގެ ފިރިހެން ޑިވިޝަން ގުރޫޕް އޭގައި މިރޭ ވަކަންޑާ ސްޕޯޓްސް ކުލަބާއި ފިއުޗާ ސްޕޯޓްސް ކުލަބު އެކަޑެމީ ވާދަކުރި މެޗު ފަސޭހަކަމާއެކު 48-17 ގެ ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެ ފިއުޗާ ސްޕޯޓްސް ކުލަބު އެކަޑެމީން މުބާރާތުގެ ފެށުން ރަނގަޅުކޮށްފިއެވެ.

ގޮސިޔާ

ދެޓީމުގެ ފަރާތުން ފޯރިގަދަ ކުޅުމެއް ފެނިގެދިޔަ މިމެޗުގެ ފުރަތަމަ ހާފު ނިމުނީ 20-7 ގެ ތަފާތުބޮޑު ނަތީޖާއަކުން ފިއުޗާ ސްޕޯޓްސް ކުލަބު އެކަޑެމީ ކުރީގައި އޮވެގެންނެވެ. އަދި މެޗުގެ ދެވަނަ ހާފުގައި އެޓީމުން އިތުރު 28 ލަނޑު ކާމިޔާބުކުރިއިރު، މިހާފުގައި ވަކަންޑާ އިން ވެސް ވަނީ އިތުރު 10 ލަނޑު ކާމިޔާބުކޮށްފައެވެ.

undefinedވަކަންޑާ ސްޕޯޓްސް ކުލަބާއި ފިއުޗާ ސްޕޯޓްސް ކުލަބު އެކަޑެމީ ވާދަކުރި މެޗުގެ ތެރެއިން.. ފޮޓޯ: ގާފު ސްޕޯޓްސް / ހުސެއިން

އެގޮތުން މިމެޗުގައި ފިއުޗާ ސްޕޯޓްސް ކުލަބު އެކަޑެމީގެ އަހުމަދު ސައިފު ނައީމް 12 ލަނޑު، އަހުމަދު ރަޒުނީ މުހައްމަދު 10 ލަނޑު، ސަލާމް އަހުމަދު ނުވަ ލަނޑު އަދި މުހައްމަދު އީމާއު އަބްދުﷲ ވަނީ ފަސް ލަނޑު ކާމިޔާބުކޮށްފައެވެ.

މީގެ އިތުރުން އެޓީމުގެ ހައްމާދު ނާބިތު ހަސަން އަދި މުހައްމަދު ނާފިއު މިއިން ކޮންމެ ކުޅުންތެރިއެއް ހަތަރު ލަނޑު ކާމިޔާބުކުރިއިރު، އެޓީމުގެ ޝައިހާން ޝައުކަތު ދެލަނޑު އަދި އިބްރާހިމް ހައިޝަމް އަބްދުﷲގެ އިތުރުން އަކްރަމް ރަޝާދު މިއިން ކޮންމެ ކުޅުންތެރިއެއް ވަނީ އެއް ލަނޑު ކާމިޔާބުކޮށްފައެވެ.

undefinedވަކަންޑާ ސްޕޯޓްސް ކުލަބާއި ފިއުޗާ ސްޕޯޓްސް ކުލަބު އެކަޑެމީ ވާދަކުރި މެޗުގެ ތެރެއިން.. ފޮޓޯ: ގާފު ސްޕޯޓްސް / ހުސެއިން

މީގެ އިތުރުން މިމެޗުގައި ވަކަންޑާގެ އަހުމަދު ޔާސީން ހަލަނޑު ކާމިޔާބުކުރި އިރު، އެޓީމުގެ އަހުމަދު ޒައީމް އަދި މުހައްމަދު ހުބާބު އިސްމާއިލް ރިޒާ މިއިން ކޮންމެ ކުޅުންތެރިއެއް ވަނީ ތިން ލަނޑު ކާމިޔާބުކޮށްފައެވެ. އަދި އެޓީމުގެ އަހުމަދު ހައްޔު އާދިލް ދެލަނޑު ކާމިޔާބުކުރިއިރު، އަލީ ނަސީފު، އަބްދުﷲ ބައްސާމު އަދި އަމްރޫ މުހައްމަދު މިއިން ކޮންމެ ކުޅުންތެރިއެއް ވަނީ އެއް ލަނޑު ކާމިޔާބުކޮށްފައެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ފިއުޗާ ސްޕޯޓްސް ކުލަބު އެކަޑެމީގެ އަހުމަދު ސައިފު ނައީމް އެވެ.

މިއަހަރުގެ ހޭންޑްބޯލް މޯލްޑިވްސް ޗެންޕިއަންޝިޕްގެ ފިރިހެން ޑިވިޝަނުގައި 10 ޓީމު ބައިވެރިވެފައިވާއިރު، މުބާރާތް ކުރިއަށް ދަނީ ބައިވެރިވި 10 ޓީމު ދެ ގުރޫޕަކަށް ބަހާލައިގެންނެވެ. ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމު މުބާރާތުގެ ސެމީ ފައިނަލަށް ހޮވޭއިރު، ސެމީ ފައިނަލް ދެމެޗު ކުޅުމަށްތާވަލުކުރެވިފައި ވަނީ ޖޫން މަހުގެ ދެވަނަ ދުވަހުގެ ރޭ އެވެ. އަދި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ތާވަލު ކުރެވިފައިވަނީ ޖޫން މަހުގެ ހަވަނަ ދުވަހުގެ ރޭ އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ