logoEN
cocacola
ތަފާތުބޮޑު ނަތީޖާއަކުން އަސްދިޤާ ބަލިކޮށް ޑީއެސްސީ އިން މުބާރާތް ފެށީ އިތުބާރާއެކު

ތަފާތުބޮޑު ނަތީޖާއަކުން އަސްދިޤާ ބަލިކޮށް ޑީއެސްސީ އިން މުބާރާތް ފެށީ އިތުބާރާއެކު

ހަސަން ޝަމްއޫން

logo

5/16/2024, 7:02:27 PM

# ހޭންޑްބޯޅަ# ހޭންޑްބޯލް މޯލްޑިވްސް# ދިވެހި ކުޅިވަރު # ވެމްކޯ ހޭންޑްބޯލް މޯލްޑިވްސް ޗެންޕިއަންޝިޕް 2024

ދިވެހި ސިފައިންގެ ކުލަބާއި އަސްދިޤާ އެސްސީ ވާދަކުރި މެޗުގެ ތެރެއިން.. ފޮޓޯ: ގާފު ސްޕޯޓްސް / އާހިލް

7 ވަނަ ވެމްކޯ ހޭންޑްބޯޅަ މޯލްޑިވްސް ޗެންޕިއަންޝިޕް 2024 ގެ ފިރިހެން ޑިވިޝަން ގުރޫޕް އޭގައި މިރޭ ދިވެހި ސިފައިންގެ ކުލަބާއި އަސްދިޤާ އެސްސީ ވާދަކުރި މެޗު 53-4 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބުކޮށް ދިވެހި ސިފައިންގެ ކުލަބުން މުބާރާތުގެ ފެށުން ރަނގަޅުކޮށްފިއެވެ.

ގޮސިޔާ

މެޗުގެ ފުރަތަމަ ހާފުގައި ޑީއެސްސީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 25-3 ގެ ނަތީޖާއަކުން ޑީއެސްސީ ކުރީގައި އޮވެގެންނެވެ. އަދި މެޗުގެ ދެވަނަ ހާފުގައި އެޓީމުގެ އެޓޭކުތައް އިތުރަށް ވަރުގަދަކުރިއިރު، މިހާފުގައި ޑީއެސްސީ އިން ވަނީ އިތުރު 28 ލަނޑު ކާމިޔާބުކޮށްފައެވެ. އަދި މި މުބާރާތުގައި1ޑ އަލަށް ވާދަކުރަމުން އަންނަ އަސްދިޤާއަށް ދެވަނަ ހާފުގައި ކާމިޔާބުކުރެވުނީ އެންމެ ލަނޑެކެވެ.

މިމެޗުގައި ޑީއެސްސީގެ އަހުމަދު ނަޖީބު 15 ލަނޑު ކާމިޔާބުކުރިއިރު، މުހައްމަދު ޝަމްމާލް 10 ލަނޑު، މުހައްމަދު މަހުދީ ހަ ލަނޑު، މުސްތަފާ މުހައްމަދު ވަނީ ފަސް ލަނޑު ކާމިޔާބުކޮށްފައެވެ. މީގެ އިތުރުން އެޓީމުގެ މުހައްމަދު ޒައިން ޝަފީގް އަދި ނާބިތު އިސްމާއިލް މިއިން ކޮންމެ ކުޅުންތެރިއެއް ހަތަރު ލަނޑު ކާމިޔާބުކުރިއިރު، އަހުމަދު ރަޝީދު އަދި އަހުމަދު ރިމާޒް މިއިން ކޮންމެ ކުޅުންތެރިއެއް ވަނީ ތިން ލަނޑު ކާމިޔާބުކޮށްފައެވެ. އަދި އެޓީމުގެ ޔައީޝް ސައިފުﷲ ޝަހީދު ދެލަނޑު ކާމިޔާބުކުރިއިރު، އިބްރާހިމް އައިމަން ވަނީ އެއް ލަނޑު ކާމިޔާބުކޮށްފައެވެ.

މިމެޗުގައި އަސްދިޤާ އެސްސީގެ އަހުމަދު ލަޔާން ހިޖާޒު ތިން ލަނޑު ކާމިޔާބުކުރިއިރު، އެޓީމުގެ އަނެއް ލަނޑު ކާމިޔާބުކޮށްދިނީ އިސްމާއިލް އާއިލް ހުސެއިން އެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޑިއެސްސީގެ އަހުމަދު ނަޖީބު އެވެ.

މިއަހަރުގެ ހޭންޑްބޯލް މޯލްޑިވްސް ޗެންޕިއަންޝިޕްގެ ފިރިހެން ޑިވިޝަނުގައި 10 ޓީމު ބައިވެރިވެފައިވާއިރު، މުބާރާތް ކުރިއަށް ދަނީ ބައިވެރިވި 10 ޓީމު ދެ ގުރޫޕަކަށް ބަހާލައިގެންނެވެ. ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމު މުބާރާތުގެ ސެމީ ފައިނަލަށް ހޮވޭއިރު، ސެމީ ފައިނަލް ދެމެޗު ކުޅުމަށްތާވަލުކުރެވިފައި ވަނީ ޖޫން މަހުގެ ދެވަނަ ދުވަހުގެ ރޭ އެވެ. އަދި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ތާވަލު ކުރެވިފައިވަނީ ޖޫން މަހުގެ ހަވަނަ ދުވަހުގެ ރޭ އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ