
ޓިކްޓޮކް ރަސްމީކޮށް ރާއްޖެއަށް ތައާރަފްކުރުން
އުރީދޫ މޯލްޑިވްސް އިން ދުނިޔޭގެ އެންމެ މަގްބޫލް އެއް މީސް މިޑިއާ ޕްރެްޓްފޯމްޓިކްޓޮކް އާއެކު ސްޓްރެޓީޖިކް ޕާޓްނާޝިޕެއްގައި ސޮއިކޮށްފި އެވެ.

މި ޕާޓްނާޝިޕް އިއުލާނުކުރީ ރޭ އުރީދޫ ހެޑްކުއާޓާސްގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އުރީދޫއިން ބުނީ އެ ޕާޓްނަރޝިޕާ އެކު އުރީދޫއިން ރަސްމީކޮށް ޓިކްޓޮކަށް ރާއްޖެއަށް މަރުހަބާ ކިޔައިފައިވާ ކަމަށެވެ.
މިއާއެކު ރާއްޖޭގައި ޓިކްޓޮކް ބޭނުންކުރާ ފަރާތްތަކުގެ ތަޖުރިބާ އިތުރަށް ފުރިހަމަވެ، އިތުރު ފުރުސަތުތައް ހުޅުވިގެންދާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.
އުރީދޫ މޯލްޑިވްސްގެ ސީއީއޯ ހާލިދު އަލް-ހަމާދީ ވިދާޅުވި ގޮތުގައި އުރީދޫއާއި ޓިކްޓޮކްގެ މި ޕާޓްނާޝިޕަކީ އުރީދޫ ކަސްޓަމަރުންނަށްޓަކައި ފޯރުކޮށްދެމުންދާ އީޖާދީ ހިދުމަތްތަކާއި ޒަމާނީ ސޮލިއުޝަންތަކަށް އިތުރުކުރެވޭ ބޮޅެކެވެ. ޓިކްޓޮކާއެކު އުރީދޫގެ ކަސްޓަމަރުންނަށް ކޮންޓެންޓް އުފެއްދުމަށާއި އެކަކު އަނެކަކާއި އޮންނަ ގުޅުން ބަދަހިކޮށް އާކަންތައްތައް ހޯދުމުގައި އުރީދޫ ނެޓްވާކް މެދުވެރިކޮށް އިތުރު ފުރިހަމަކަމެއް ލިބިގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
އުރީދޫ މޯލްޑިވްސްއަކީ ކަސްޓަމަރުންނަށް އާކަންކަން އަދި އީޖާދީ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ރާއްޖޭގައި އެންމެ ކުރީ ސަފުގައި ގުނާލެވޭ އެއް ކުންފުންޏެވެ. އުރީދޫ ނެޓްވޯކުގައި ޓިކްޓޮކް ބޭނުންކުރާ ފަރާތްތަކަށް ހަލުވި ސްޕީޑުގައި ޓިކްޓޮކް ބޭނުންކުރުމާއި، ސްޓްރީމް ކުރުމާއި، ޝެއާކޮށް އަދި ކޮންޓެންޓް އުފެއްދުމުގައި އިތުރު ފަސޭހަތައް ވެގެންދާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.
އުރީދޫން ބުނިގޮތުގައި އެ ކުންފުނިން ޓިކްޓޮކަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ ޕެކްތަކެއް ވެސް މި އިވެންޓްގައި ލޯންޗްކޮށްފައިވެ އެވެ. ރާއްޖޭގައި މިހާރު އުފެދިފައިވާ އަދި އުފެދެމުންދާ ކޮންޓެންޓް އުފައްދާ ފަރާތްތަކަށް މި ޕެކްތަކުގެ ސަބަބުން އިތުރު ލުއިތަކެއް ލިބިގެންދާނެކަން ޔަގީންކުރާ ކަމަށް އެ ކުންފުނިން ބުނެ އެވެ.
ގުޅުންހުރި

16 ޓީމާއެކު އުރީދޫ ނޭޝަން އިންޓަރ-ރިސޯޓު ޗެމްޕިއަންޝިޕް ހުކުރު ދުވަހު ފަށަނީ

އެއަރ އެމްބިއުލާންސް ގެ ޚިދުމަތް ފުޅާކުރުމަށް 16 މިލިއަން ރުފިޔާގެ ތަކެތި އުރީދޫން ހަދިޔާކޮށްފި

އުރީދޫއިން ތިނަދޫ ސިޓީގައި ބޭއްވި މަސްރޭހުގެ އެއްވަނަ ބްލެކް އޭންޓް ފިޝިން އަށް!
