logoEN
Sto top
16‌‌ ޓީމާއެކު އުރީދޫ ނޭޝަން އިންޓަރ-ރިސޯޓު ޗެމްޕިއަންޝިޕް ‌ހުކުރު ދުވަހު‌‌ ފަށަނީ 

16‌‌ ޓީމާއެކު އުރީދޫ ނޭޝަން އިންޓަރ-ރިސޯޓު ޗެމްޕިއަންޝިޕް ‌ހުކުރު ދުވަހު‌‌ ފަށަނީ 

އަހުމަދު ޝުރާއު

logo

5/7/2025, 12:02:06 PM

# އުރީދޫ މޯލްޑިވްސް

--

އުރީދޫ ނޭޝަން އިންޓަރ ރިސޯޓް އީސްޕޯޓްސް ޗެމްޕިއަންޝިޕް 2025 ހުކުރު ދުވަހު ފެށުމަށް ތައްޔާރުވެއްޖެ އެވެ.

Wamco

އުރީދޫއިން މިއަދު ބުނީ މި މުބާރާތް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ މިމަހުގެ 9 ވަނަ ދުވަހުން ފެށިގެން 10 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. އަދި މިމުބާރާތަކީ ރިސޯޓް ކޮމިއުނިޓީއަށް ހާއްސަކޮށްގެން ބާއްވާ މިފަދަ ފުރަތަމަ މުބާރާތް ކަމަށް އެކުންފުނީން ބުނެއެވެ.

އުރީދޫއިން ބުނީ މި މުބާރާތުގައި 10 ރިސޯޓަކުން 16 ޓީމެއް ވާދަކުރާނީ އެންމެ މަގުބޫލު ދެ މޮބައިލް އީސްޕޯޓްސް ޓައިޓަލް ކަމަށްވާ މޮބައިލް ލެޖެންޑްސް: ބޭންގް ބޭންގް (އެމްއެލްބީބީ) އަދި ޕަބްޖީ މޮބައިލް (ޕަބްޖީއެމް) ގައި ކަމަށެވެ.

ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ޗެމްޕިއަންޝިޕް ކުރިއަށްދާނީ އޮންލައިންކޮށްނެވެ. އަދި މި މުބާރާތުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރަމުންދާ އީގޭމިންއަށް ޝައުގުވެރިވަ ފަރާތްތަކުގެ މެދުގައި ޑިޖިޓަލް އެންގޭޖްމަންޓާއި އިންކްލޫޝަން އަދި ރަހުމަތްތެރި ކަމުގެ ވާދަވެރިކަން އިތުރުވެގެންދާނެ ކަމަށް އެކުންފުނިން ބުނެއެވެ.

މުބާރާތުގެ ފޯމެޓާއި ހައިލައިޓްސް:

  1. އެމްއެލްބީބީ: ނޮކްއައުޓް ބުރުތައް ހިމެނޭ ސިންގަލް އެލިމިނޭޝަން ބްރެކެޓެއް، ހުކުރު ދުވަހުގެ ރޭ ސެމީ ފައިނަލް މެޗާއި ހޮނިހިރު ދުވަހުގެ ރޭ ބޭއްވޭ ތިން ވަނަ ޕްލޭއޮފް އަދި ގްރޭންޑް ފައިނަލް.
  2. ޕަބްޖީއެމް: ބެޓްލް ރޯޔަލް ފޯމެޓެއް، ގްރޭންޑް ފައިނަލްސް ދެ ދުވަހަށް ބަހާލައިގެން، ހުކުރު ދުވަހު ހަ މެޗެއް އަދި ހޮނިހިރު ދުވަހު އިތުރު ހަ މެޗެއް.

ޕްރައިޒް ޕޫލް:

  1. ޗެމްޕިއަން – 5000 ރުފިޔާ
  2. ރަނަރަޕް - 3000 ރުފިޔާ
  3. ތިންވަނަ - 2000 ރުފިޔާ

އުރީދޫ ނޭޝަންގެ ޔޫޓިއުބް މެދުވެރިކޮށް މެޗުތައް ލައިވްސްޓްރީމް ކުރުމަށް ހަމަޖެހިފައިވާއިރު، މި މެޗުތައް ބަލައި، ރިސޯޓް ތަކުން ބައިވެރިވާ ޓީމުތަކަށް ސަޕޯޓުކުރުމަށް ހިތްވަރުދިނުމަށް އެކުންފުނީން ވަނީ އެދިފައި އެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside