logoEN
cocacola
އުރީދޫއިން ތިނަދޫ ސިޓީގައި ބޭއްވި މަސްރޭހުގެ އެއްވަނަ ބްލެކް އޭންޓް ފިޝިން އަށް!

އުރީދޫއިން ތިނަދޫ ސިޓީގައި ބޭއްވި މަސްރޭހުގެ އެއްވަނަ ބްލެކް އޭންޓް ފިޝިން އަށް!

އަހުމަދު ޝުރާއު

logo

8/24/2024, 5:42:17 PM

# އުރީދޫ މޯލްޑިވްސް

--

އުރީދޫ މޯލްޑިވްސްއިން ކޮންމެ އަހަރަކު ބާއްވަމުން އަންނަ މަސްވެރިކަމުގެ މުބާރާތް ކަމަށްވާ އުރީދޫ މަސްރޭސް 2024 – ތިނަދޫ ސިޓީގެ ޗެމްޕިއަންކަން ބްލެކް އޭންޓް ފިޝިންގ ހޯދައިފި އެވެ.

ގޮސިޔާ

އިއްޔެ ތިނަދޫގައި ކުރިޔަށް ގެންދިޔަ މި މަސްރޭހުގެއެއް ވަނަ އެޓީމަށް ލިބުނީ 1،665 ޕޮއިންޓާ އެކު އެވެ. އެ ރޭހުގެ ދެ ވަނަ ހޯދީ 523 ޕޮއިންޓާ އެކު ޓީމު އެމްއައިބީ އެވެ. ފޯރިގަދަ މި މަސްރޭހުގައި 478 ޕޮއިންޓު ހޯދައިގެން ތިން ވަނަ މަގާމަށް ދިޔައީ ހޯނޑެއްދޫ މަސްވެރިން ޓީމެވެ. މި މަސްރޭހުގެ އެއް ވަނަ ޓީމަށް ވަނީ 25،000ރ. ދީފައި އެވެ.. ދެ ވަނަ އަށް 10،000ރ. އަދި ތިން ވަނަ ޓީމަށް ދިނީ 5،000ރ. އެވެ.

View post on Twitter

ތިނަދޫ މަސްރޭހުގެ އެންމެ ބަރު މަސް ބޭނީ ބްލެކް އޭންޓް ފިޝިންގެ އަބްދުﷲ ދީދީ އެވެ. އެއީ ހަތް ކިލޯގެ ހަންޖެއް ބާނައިގެންނެވެ.

މި މުބާރާތުގެ އެންމެ މޮޅު މަސްވެރިއަކަށް ހޮވުނީ ހޯނޑެއްދޫ މަސްވެރިންގެ ދައުސް ހަސަން އެވެ. އެންމެ މޮޅު އަންހެން މަސްވެރިއަކަށް ހޮވުނީ ޓީމު އެމްއައިބީގެ އާތިކާ މުހައްމަދާއި އައިޝަތު ނޫފާ އަލީ އެވެ.

އުރީދޫ މޯލްޑިވްސްގެ 19 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަހަރު މަސްރޭސް ވަނީ އިތުރަށް ކުލަގަދަ ކޮށް ކ. ހިންމަފުއްޓާއި ތިނަދޫގައި ސިޓީގައި ކުރިޔަށް ގެންގޮސްފައި އެވެ. މި މަސް ރޭހުގައި ކުރިއަށް އޮތީ ޅ. ނައިފަރުގައި ބާއްވާ މަސް ރޭހެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ