
އެއަރ އެމްބިއުލާންސް ގެ ޚިދުމަތް ފުޅާކުރުމަށް 16 މިލިއަން ރުފިޔާގެ ތަކެތި އުރީދޫން ހަދިޔާކޮށްފި
# އުރީދޫ މޯލްޑިވްސް# އެއާ އެމްބިއުލާންސް# ސިއްހަތާއި ބެހޭ ވުޒާރާ--
އުރީދޫގެ ފަރާތުން މިނިސްޓްރީ އޮފް ހެލްތަށް 16 މިލިއަން ރުފިޔާގެ މެޑިކަލް އިކްއިޕްމަންޓް ހަދިޔާކޮށްފި އެވެ.

މި އިކްއިޕްމަންޓް ހަދިޔާކުރުމަށް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ތަކެތި ރަމްޒީގޮތުން ޙަވާލުކޮށްދެއްވީ އުރީދޫ ގްރޫޕްގެ މެނޭޖިންގ ޑައިރެކްޓަރ އަޒީޒް އަލް އުޘްމާން ފަޚުރޫ އެވެ.
މި އިކްއިޕްމަންޓްތަކަކީ އުރީދޫ ގެ އިޖްތިމާޢީ ޒިންމާގެ ދަށުން އެއަރ އެމްބިއުލާންސް އަށް ބޭނުންވާ އިކްއިޕްމަންޓް ތަކެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް ހެލްތު އަބުދުﷲ ނާޘިމް އިބްރާހީމް ވިދާޅުވީ މި އިކްއިޕްމަންޓް ތަކަކީ އިމަރޖެންސީގައި ޙާލުދެރަ ބަލިމީހުން އުފުލުމުގައި އެ މީހަކަށް އެންމެ ބޭނުންވާ ފަރުވާ ވަގުތުން ދިނުމަށް އަވަސްވާނެކަމަށެވެ.
" އުރީދޫއިން އެއާރ އެމްބިއުލާންސް ޚިދުމަތަށް ފޯރުކޮށްދިން މި އަގުހުރި އެހީއަކީ ވިޔަފާރިތަކުން އިންސާނިއްޔަތުކަމަށް އިސްކަންދީގެން މަސައްކަތް ކުރެވޭނެ ކަމުގެ ހެއްކެއް. ދިވެހި ރާއްޖޭގެ ޞިއްޙީ ޚިދުމަތަށް އިންވެސްޓްކޮށްގެން، ތިޔަބޭފުޅުން އިންވެސްޓް ކުރައްވަމުން ގެންދަވަނީ، ކޮންމެ ދިވެއްސަކަށްވެސް، އަޅާލާ، އަގުވަޒަންކޮށް، ރައްކާތެރިކަން އިހްސާސްކޮށްދީގެން ކަމަށެވެ. ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީގެ ގޯލްޑް ސްޓޭންޑަޑެއް ތިޔަބޭފުޅުން ކަނޑައަޅުއްވައިފި. އަޅުގަނޑުމެން އުންމީދު ކުރަނީ، އެހެން ފަރާތްތަކުންވެސް މުޖުތަމައުގެ ފައިދާއަށް މަސައްކަތް ކުރުމުގައި ތިޔަ ބޭފުޅުން ތިދެއްކެވި ނަމޫނާ ބެއްލެވުމަށް" މިނިސްޓަރ ވިދާޅުވި އެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އުރީދޫ ގްރޫޕްގެ އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ، ޙާލިދް އަލް-ހަމާދީ ވިދާޅުވީ ރައްޔިތުންނަށް ސިއްޙީ ފަރުވާ ފަސޭހައިން ލިބޭނެ ގޮތް ފަހިކޮށްދިނުމަށް ސަރުކާރުން ކުރައްވާ މަސައްކަތުގައި ބައިވެރިވުމަކީ އުރީދޫއިން އިސްކަމެއްދޭ ކަމެއްކަމަށެވެ. އަދި މި ތަކެއްޗާއެކު އެއަރ އެމްބިއުލާންސްއިން ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރު މަތިވެގެންދާނެކަމަށް އޫރީދޫގެ ސީއީއޯ ވިދާޅުވިއެވެ.
އެއަރ އެމްބިއުލާންސްގެ 3D މޮޑަލްއެއް އޫރީދޫއިން ވަނީ މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހިމަށް ހަދިޔާ ކުރައްވާފައެވެ. އެއަރ އެމްބިއުލާންސް ގެ ޚިދުމަތް ފެށީ މިއަހަރުގެ މާރިޗް މަހުގެ އެއްވަނަ ދުވަހުއެވެ.
ގުޅުންހުރި

3000 އަށްވުރެ ގިނަ ބައިވެރިންނާއިއެކު އުރީދޫ ފަން ރަން އައްޑޫ ސިޓީ ވަރަށް ކާމިޔާބު!

އުރީދޫ ނޭޝަންގެ އެޓޯލް އީސްޕޯޓްސް ލީގް 2025 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

މި އީދުގެ ގުޅުން ބަދަހިކުރުމަށް އުރީދޫއިން ހާއްސަ އޮފާތަކެއް!
