
އުރީދޫގެ ޚާއްސަ ޑޭޓާ ޕެކޭޖު
ޔުއެފާ ޔޫރޯ 2024 އަށް ޚާއްސަކޮށްގެން އުރީދޫ މޯލްޑިވްސް އިން ޚައްސަ ޑޭޓާ ޕެކޭޖުތަކެއް ތައާރަފުކޮށްފިއެވެ.

ޔޫއެފާ ޔޫރޯގެ މެޗުތައް ފެށެން އެންމެ ދުވަހަކަށްވެފައި ވާއިރު، އެންމެ 250 ރުފިޔާއަށް 100 ޖީބީއާއެކު، ސޮނީ ލިވް އެޕް މެދުވެރިކޮށް ޔޫރޯގެ ހުރިހާ މެޗެއް ބަލާލުމުގެ ފުރުޞަތު އުރީދޫ މޯލްޑިވްސް އިން މިވަނީ އެކުންފުނީގެ ކަސްޓަމަރުންނަށް ފަހިކޮށްދީފިއެވެ. މިއީ އުރީދޫ ފުޓްބޯޅަ ފޯރީގެ ދަށުން އެކުންފުނިން ފަހިކޮށްދީފައިވާ ފުރުސަތެކެވެ.
އެގޮތުން ފުޓުބޯޅަ ފޯރި އަށް ހާއްސަ ސޮނީ ލިވް ޕެކްތަކެއް އުރީދޫއިން ވަނީ ތައާރަފުކޮށްފައެވެ. މީގެން އެއް ޕެކޭޖަކީ ސޮނީ ލިވްގެ މެމްބަޝިޕާއި 30 ދުވަހުގެ ވެލިޑިޓީއާއެކު 250 ރުފިޔާއަށް 100 ޖީބީ ހިލޭ ޑޭޓާ ހިމެނޭ ޕެކް އެކެވެ.
މި ޕެކް މެދުވެރިކޮށް ކަސްޓަމަރުންނަށް ޑޭޓާ ލިމިޓާ މެދު ކަންބޮޑުވުމެއް ނެތި ޔޫރޯގެ ހުރިހާ މެޗެއް ލައިވްކޮށް ސްޓްރީމްކޮށްލެވޭނެއެވެ. މި ޕެކާއި އެކު ކޮންމެ ތަނެއްގައި ހުރެގެންވެސް މެޗް ބަލާލެވޭނެއެވެ.
މީގެ އިތުރުން ކަސްޓަމަރުންނަށް ހާއްސަ ސޮނީ ލިވްގެ އެކި އެޑް-އޮންތަކަށް ސަބްސްކްރައިބްކޮށް، މެދުނުކެނޑި ޔޫރޯގެ ފޯރީގައި ބައިވެރިވެވޭނެއެވެ. މި ޕެކް ތަކާއި އެޑޮންސް ތައް އުރީދޫގެ އެޕް މެދުވެރިކޮށް އެކްޓިވޭޓް ކޮށްލެވޭނެއެވެ.
ގުޅުންހުރި

16 ޓީމާއެކު އުރީދޫ ނޭޝަން އިންޓަރ-ރިސޯޓު ޗެމްޕިއަންޝިޕް ހުކުރު ދުވަހު ފަށަނީ

އެއަރ އެމްބިއުލާންސް ގެ ޚިދުމަތް ފުޅާކުރުމަށް 16 މިލިއަން ރުފިޔާގެ ތަކެތި އުރީދޫން ހަދިޔާކޮށްފި

އުރީދޫއިން ތިނަދޫ ސިޓީގައި ބޭއްވި މަސްރޭހުގެ އެއްވަނަ ބްލެކް އޭންޓް ފިޝިން އަށް!
