logoEN
cocacola
ފުވައްމުލަކުގައި ނުރައްކާތެރި އެކްސިޑެންޓެއް، އެކަކު އައިސީޔޫގައި

ފުވައްމުލަކުގައި ނުރައްކާތެރި އެކްސިޑެންޓެއް، އެކަކު އައިސީޔޫގައި

އަލްފާ އަލީ

logo

4/29/2024, 7:40:39 AM

# އެކްސިޑެންޓް

ފުވައްމުލައް ސިޓީގައި ދެ ސައިކަލް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި އެވެ.

ގޮސިޔާ

މައުލޫމާތު ލިބިފައިވާގޮތުގައި ފުވައްމުލައް ސިޓީގައި ދެ ސައިކަލް ޖެހިގެން އެކސިޑެންޓް ހިނގާފައިވަނީ ރޭ 10:48 ހާއިރު އެވެ.

އެކްސިޑެންޓު ހިނގާފައި ވަނީ އެ ރަށު މައިމޫނާ ވިލާ ވާދީގެ ކައިރިން ދެ ސައިކަލު ޖެހިގެން ކަމަށް މައުލޫމާތުލިބެއެވެ.

އެކްސިޑެންޓުގައި އަނިޔާވީ ތިން މީހުންނަށްވެސް ހޮސްޕިޓަލުގައި ފަރުވާދެމުންދާއިރު އޭގެ ތެރެއިން އެކަކަށް ފަރުވާދެމުން ދަނީ ހޮސްޕިޓަލުގެ އައިސީޔޫގައެވެ.

މި އެކްސިޑެންޓްގައި އަނިޔާވި އެންމެން މިހާރުވަނީ، އެއާ އެމްބިއުލާންސްގައި މާލެ ގެނެސް އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފި އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ