logoEN
Sto top
ހުޅުމާލޭގައި ދުއްވާފައ ދިޔަ ސައިކަލަކުން ވެއްޓުނު މީހަކަށް ފަރުވާދެނިކޮށް ނިޔާވެއްޖެ

ހުޅުމާލޭގައި ދުއްވާފައ ދިޔަ ސައިކަލަކުން ވެއްޓުނު މީހަކަށް ފަރުވާދެނިކޮށް ނިޔާވެއްޖެ

# އެކްސިޑެންޓް# ފުލުހުން

ހުޅުމާލެ

ހުޅުމާލޭގައި ދުއްވާފައި ދިޔަ ސައިކަލަކުން ވެއްޓުނު މީހަކަށް، ހޮސްޕިޓަލުގައި ފަރުވާ ދެނިކޮށް ނިޔާވެއްޖެއެވެ.

Wamco

ފުލުހުން ބުނި ގޮތުގައި ނިޔާވެފައިވަނީ 36 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ އެކްސިޑެންޓްވީ މި މަހުގެ ފަސް ވަނަ ދުވަހުގެ މެންދަމުއެވެ.

އެގޮތުން ފުލުހުން ބުނި ގޮތުގައި، ހުޅުމާލެ ނިރޮޅު މަގުގައި ހުންނަ އެމްޑަބްލިއުއެސްސީ ކައިރިން ދުއްވާފައި ދިޔަ ސައިކަލެއް ކަހާލައިގެން މިމަހުގެ ފަސްވަނަ ދުވަހުގެ މެންދަމު 3:26 ހާއިރު އެ މައުލޫމާތު ރިޕޯޓްކޮށްފައިވާ ކަމަށެވެ.

އެގޮތުން އޭނާ ނިޔާވީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށް، މި މަހުގެ ހަވަނަ ދުވަހު ކަމަށާއި، އެ މައްސަލަ ތަހުގީގުކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC