logoEN
Sto top
ދޯންޏަކަށް އަރުވަން މަސައްކަތް ކުރި ކާރެއް މޫދަށް ވެއްޓިއްޖެ

ދޯންޏަކަށް އަރުވަން މަސައްކަތް ކުރި ކާރެއް މޫދަށް ވެއްޓިއްޖެ

އަހުމަދު ޝުރާއު

logo

5/4/2024, 5:43:54 PM

# އެކްސިޑެންޓް

މޫދަށް ވެއްޓުނު ކާރު

ލ ފޮނަދޫގައި ދޯންޏަކަށް ކާރެއް އަރުވަން މަސައްކަތް ކުރަނިކޮށް ކާރެއް މޫދަށް ވެއްޓިއްޖެ އެވެ.

Wamco

ފުލުހުންގެ މީޑިއާ އޮފިޝަލް ވިރޭ ވިދާޅުވީ ލ ފޮނަދޫ ބަނދަރުގައި އޮތް ދޯންޏަކަށް ކާރެއް އަރުވަން އުޅުމުގެ ތެރޭގައި ކާރު މޫދަށް ވެއްޓިފައިވާ ކަމުގެ މައުލޫމާތު މިރޭ 19:05 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

އަދި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާކަން ވެސް ފާހަގަކުރެއްވި އެވެ.

މީޑިއާ އޮފިޝަލް އިތުރަށް ވިދާޅުވީ ކާރު މިހާރު މޫދުން ނަގައި ދޯންޏަށް އަރުވާފައިވާ ކަމަށެވެ. ނަމަވެސް ކާރައް ލިބުނު ގެއްލުމުގެ ތަފްސީލެއް އޮފިޝަލް ހާމަނުކުރައްވައެވެ..

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside