logoEN
cocacola
މާލޭގައި މިއަދު ދެ އެކްސިޑެންޓެއް ހިނގައިފި

މާލޭގައި މިއަދު ދެ އެކްސިޑެންޓެއް ހިނގައިފި

އަލްފާ އަލީ

logo

5/9/2024, 12:24:07 PM

# ފުލުހުން# އެކްސިޑެންޓް

--

މާލެ ސިޓީގައި މިއަދު ދެ އެކްސިޑެންޓެއް ހިނގައިގެން ރިޕޯޓްކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ގޮސިޔާ

ފުލުހުން ބުނެފައިވަނީ މިއަދު 11:50 ހާއިރު ހަވީރީ ހިންގުން ފަންހިޔާ ބިލްޑިންގކައިރިން ޕިކަޕަކާއި ސައިކަލެއް ޖެހި ދިވެހި ފިރިހެނެއްގެ ބޯ ފަޅައިގެން ގޮސް ފައިގެ ކަށިމަތި މަށައިގެން ގޮސް އަނިޔާވެފައިވާ ކަމަށެވެ.

މި އެކްސިޑެންޓުގައި އަނިޔާ ލިބުނު މީހާ ޕިކަޕެއްގައި އައިޖީއެމްއެޗްއަސް ފަރުވާއަށް ގެންދެވިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި މި މީހާގެ ހާލު ރަނގަޅު ކަމަށާއި, އާއިލާއާ ހަވާލުކުރެވިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މިއަދު ހިނގި ދެވަނަ އެކްސިޑެންޓު ހިނގާފައިވަނީ ހެނދުނު 8:57 ހާއިރު ކޮއިމަލާ ހިނގުން- އަމީނީ މަގު ގުޅުނު ކަންމަތިން ދެ ސައިކަލް ޖެހިގެން ކަމަށް ފުލުުހުން ވަނީ ބުނެފައެވެ. މި އެކްސިޑެންޓުގައި ބިދޭސީ މީހެއްގެ ފަޔަށް ވަރަށް ބޮޑަށް އަނިޔާވެފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި ދެ އެކްސިޑެންޓް މައްސަލަ ތަހުގީގުކުރަމުން އަންނަކަމަށް ފުލުހުން ބުނެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ