logoEN
cocacola
ތަފާތުބޮޑު ނަތީޖާއަކުން ޑީޓޫ ބަލިކޮށް ވިންޑް ވޯރިއާސް ގުރޫޕްގެ ދެވަނައަށް

ތަފާތުބޮޑު ނަތީޖާއަކުން ޑީޓޫ ބަލިކޮށް ވިންޑް ވޯރިއާސް ގުރޫޕްގެ ދެވަނައަށް

ހަސަން ޝަމްއޫން

logo

4/27/2024, 5:51:40 AM

# ދަ މެންގްރޯވް އައިލެންޑް ޗެމްޕިއަންޝިޕް# ދިވެހި ކުޅިވަރު # ފުޓްބޯޅަ

ވިންޑް ވޯރިއާސް އާއި ޑީޓޫ ވާދަކުރި މެޗުގެ ތެރެއިން ... ފޮޓޯ: ސިޑިބަރި

ނ.ކެނދިކުޅުދޫގައި މިހާރު ކުރިއަށްދާ "ކުއާރޒޯ ދަ މެންގްރޯވް އައިލެންޑް ޗެމްޕިއަންޝިޕް 2024" ގައި ހުކުރު ދުވަހުގެ ރޭ 6-1 ގެ ތަފާތުބޮޑު ނަތީޖައަކުން ޑީޓޫ ސްޕޯޓްސް ކުލަބު ބަލިކޮށް ވިންޑް ވޯރިއާސް އިން ގުރޫޕް ބީގެ ދެވަނައަށް ކުރިއަށް ޖެހިލައިފިއެވެ.

ގޮސިޔާ

މުބާރާތުގައި ވިންޑް ވޯރިއާސް އިން ކުޅުނު ފުރަތަމަ މެޗުގައި ކުޑަފަރީ އަތުން 2-0 ގެ ނަތީޖާއަކުން އެޓީމު މޮޅުވެފައިވާއިރު، މިއީ ޑީޓޫ ސްޕޯޓްސް ކުލަބުން މުބާރާތުގައި ކުޅުނު ފުރަތަމަ މެޗެވެ.

މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-1 ގެ ނަތީޖާއަކުން ވިންޑް ވޯރިއާސް ކުރީގައި އޮވެގެންނެވެ. އަދި މެޗުގެ ދެވަނަ ހާފުގައި ވިންޑް ވޯރިއާސް އިން ވަނީ އިތުރު ހަތަރު ލަނޑު ކާމިޔާބުކޮށްފައެވެ.

އެގޮތުން މިމެޗުގައި ވިންޑް ވޯރިއާސްގެ އަބްދުﷲ ޔާމީން (ޔާނު) ދެލަނޑު ކާމިޔާބުކުރި އިރު، އެޓީމުގެ ޝަނާން ރަޝީދު، އިބްރާހިމް އައިސަމް، ނާއިޒް ހަސަން (ދާދު) އަދި މުހައްމަދު ނާއިމް މިއިން ކޮންމެ ކުޅުންތެރިއެއް ވަނީ އެއްލަނޑު ކާމިޔާބުކޮށްފައެވެ.

މީގެއިތުރުން މިމެޗުގައި ޑީޓޫ ސްޕޯޓްސް ކުލަބުން ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗުގެ ފުރަތަމަ ހާފުގައި އެޓީމަށް ކާމިޔާބުކޮށްދިނީ މުހައްމަދު ވަހީދު (ކޮކީ) އެވެ. އަދި މިމެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވުނީ ވިންޑް ވޯރިއާސްގެ އަބްދުﷲ ޔާމީން (ޔާނު) އެވެ.

މިމެޗުން ލިބުނު ތިން ޕޮއިންޓާއެކު ކުޅުނު ދެ މެޗުން ވިންޑް ވޯރިއާސްއަށް ހަ ޕޮއިންޓްވލިބިފައިވާއިރު، ލަނޑުގެ ތަފާތުން މިވަގުތު ގުރޫޕް ބީގެ އެއްވަނައިގައި އޮތީ ނައިފަރު ޗެލްސީ އެވެ.

ކެނދިކުޅުދޫ ކައުންސިލުންގެ ފަރާތުން އިންތިޒާމުކޮށް، މުޅި ރާއްޖެއަށް ހުޅުވާލެވިގެން ބާއްވާ މި މުބާރާތުގައި މިއަހަރު ޖުމްލަ 10 ޓީމަކުން ބައިވެރިވެފައި ވާއިރު، މުބާރާތް ކުރިއަށްދަނީ ބައިވެރިވި 10 ޓީމު ދެ ގުރޫޕަކަށް ބަހާލައިގެންނެވެ. ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމު ސެމީ ފައިނަލަށް ހޮވޭއިރު، މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މެއި މަހުގެ 6 ވަނަ ދުވަހު އެވެ.

މުބާރާތުގެ ގްރޫޕް އޭގައި ހިމެނެނީ ޅޮހި ފުޓްބޯޅަ ކްލަބް, މާޅެންދޫ ފުޓްބޯޅަ ޓީމް, ހިންނަވަރު ސްޕޯރޓްސް ކްލަބް, ކޮމެޓްސް ސްޕޯރޓްސް ކްލަބް އަދި މާފަރު ފުޓްބޯޅަ ކްލަބެވެ. ގްރޫޕް ބީގައި ހިމެނެނީ ކުޑަފަރި ސްޕޯރޓްސް ކްލަބް, ކެނދިކުޅުދޫ ވިންޑް ވޮރިއޯސް, މަނަދޫ ސްޕޯރޓްސް ކްލަބް, ނައިފަރު ޗެލްސީ, އަދި ޑީ ޓޫ ސްޕޯރޓްސް ކްލަބެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ