logoEN
cocacola
އިންޖީނު ހުއްޓުނު ދޯންޏަކަށް އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދީފި

އިންޖީނު ހުއްޓުނު ދޯންޏަކަށް އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދީފި

އަލްފާ އަލީ

logo

4/26/2024, 6:23:14 PM

# އެމްއެންޑީއެފް

ހއ.ފިއްލަދޫން ފުރައިގެން ކުޅުދުއްފުށި ސިޓީއަށް ދަތުރުކުރަމުން ދަނިކޮށް އިންޖީނު ހުއްޓުނު "އޮއިވާލި" ނަމަކަށް ކިޔާ ދޯންޏަކަށް އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

ގޮސިޔާ

ނުވަ މީހުންނާއެކު ދަތުރުކުރި އެ ދޯނި، ހއ.އަލިދޫގެ އިރުން 1 ނޯޓިކަލް މޭލު ބޭރުން އިންޖީނު ހުއްޓުނުކަމުގެ ރިޕޯޓް އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބިފައި ވަނީ މިއަދު ހަވީރު 17:07 ހާއިރުއެވެ.

ހާދިސާގެ ރިޕޯޓް ލިބުމާއެކު އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންގެ ހާބަރ ކްރާފްޓް ލޯންޗް އެ ސަރަހައްދަށް ގޮސް އެ ދޯނީގައި ތިބި ހަތް މީހަކު ވަނީ މިރޭ 18:40 ހާއިރު ކުޅުދުއްފުށި ސިޓީއަށް ގެންގޮސްދީފައެވެ.

މި ހާދިސާގައި ދޯނިން ދަތުރުކުރި އެންމެންގެ ހާލު ވެސް ރަނގަޅެވެ. ދޯނީގެ ވެރިފަރާތުން ހަމަޖެއްސި އުޅަނދެއްގެ އެހީގައި މިހާރު އެ ދޯނި ވަނީ ކުޅުދުއްފުށީ ބަނދަރަށް ވައްދާފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ